ފަހުގެ ޚަބަރު


އިތުރަށް...

ލ. ކައްދޫ އެއަރޕޯޓް މުވައްޒަފުންނަށް މުސާރަ ނުދޭތީ އިހްތިޖާޖް ކޮށްފި

ލިޔުނީ: Unknown - Tuesday, May 14, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ކައްދޫ އެއަރޕޯޓް ކުންފުނީގެ މުވައްޒަފުންނަށް މިދިޔަ އޭޕްރީލް މަހުގެ މުސާރަ މިއަދާހަމައަށް އައިއިރުވެސް ނުލިބޭތީ މުވައްޒަފުންގެ ތެރެއިން ބަޔަކު މިއަދު އިހްތިޖާޖް ކޮށްފިއެވެ.

ކައްދޫ މުވައްޒަފަކު އެލްއޭ ނިއުސް އަށް މަޢުލޫމާތު ދެމުން ބުނީ މިއަދާ ހަމައަށްވެސް މުސާރަ ލިބިފައި ނުވާއިރު މުސާރަ ލިބޭނެ ދުވަހެއްވެސް ނޭނގޭ ކަމަށެވެ.  "މިއަދު އެހެންވެގެން މިއައީ ކައްދޫގެ ވެރިންނާ ބައްދަލުކޮށްފަ. ވެރިން ވިދާޅުވަނީ މިއަދު ލިބޭނެ ކަމަށް ބަލާލާށޭ. އަޅުގަނޑުމެން މިއަދަށް ބަލާފަ މާދަމާ މަސައްކަތް ހުއްޓާލައިގެން ތިބެ ވަރުގަދަ އަށް އިހްތިޖާޖް ކުރާނަން."

މަޢުލޫމާތު  ލިބިފައިވާގޮތުން މިހާރު ކައްދޫގައި ހުރި ބައެއް ހަރުމުދާތައްވެސް ވިއްކާލުމަށް ބީލަމަށް ލާފައި ވެއެވެ. އެގޮތުން ކައްދޫގައި ޒަމާނުއްސުރެން ބޭނުންކުރަމުން އަންނަ ލޯންޗަކާއި ދޯންޏެއް ހިމެނެއެވެ.

އެލްއޭ ނިއުސްއަށް އެނގިފައިވާގޮތުން ކުންފުންޏެއްގެ ގޮތުގައި ކައްދޫ އެއަރޕޯރޓް އޮތްނަމަވެސް މުވައްޒަފުންނަށް މުސާރަ ދެމުން އަންނަނީ ދައުލަތުގެ ބަޖެޓުންނެވެ. އަދި މިވަގުތު ކައްދޫ ހިންގަމުުން ގެންދަނީ ރީޖަނަލަލް އެއަރޕޯޓްގެ ދަށުންނެވެ. މިދިޔަ މަހުވެސް މަހުގެ މެދަށް އަރައިގެން ދިޔައިރު މުސާރަ ނުލިބިގެން މުވައްޒަފުން އެކަމުގެ ޝަކުވާ ކޮށްފައިވެއެވެ.

ކައްދޫގައި ވަޒީފާ އަދާކުރަމުން އަންނަ ސިޔާސީ ގޮތުން ވަކި ޕާޓީއެއްގެ ފިކުރެއް ނުގެންގުޅޭ މުވައްޒަފެއް މިދިޔަ މާރޗް މަހު ބުނީ ވަކި ސަރުކާރެއް އޮތް އިރު މުސާރަ ނުލިބި ކުޑަކޮށް ލަސްވިޔަސް މުވައްޒަފުންވެސް ވަރަށް ޝަކުވާ ކުރިކަމަށާ އެކަމަކު މިހާރު އެއްޗެކޭ ނުބުނެ ތިމާމެންނަށް ލިބެންޖެހޭ ޙައްޤާއިމެދު އަނގަހުޅުވަން ނުކެރި އެ ތިބީ ބިރުން ކަމަށެވެ.

"މިހާރު އެނގޭ އެއްޗެކޭ ބުނެފިއްޔާ އެ މުވައްޒަފެއް ވަޒީފާއިން ވަކިކުރަންވެސް ފަހަށް ނުދާނެކަން. ތަން ހިންގުމާއި ޙަވާލުވެ ހުރި ފަރާތުގެ އެއްވެސް ބާރެއް ނެތް. ބާރު އޮތީ އެހެން ބައެއްގެ ކޮންޓްރޯލްގަ. ދެން މިތަން ބޮއްސުންލައިގެން ދިޔަސް ވަރިހަމަތާ. މިވެރިކަން އައިފަހުންވެސް ބޮޑު މުސާރައިގެ 19 ވަރަކަށް ވަޒީފާ ބަހައިފި ޕީޕީއެމް އެކްޓިވިސްޓުންގެ ދަރިންނާއި އެކްޓިވިސްޓުންގެ ގާތް މީހުނަށް."

މަހުގެ 15 އިން 15 އަށް މުސާރަ ތައްޔާރުކޮށް މުސާރަދެމުން އަންނަ ކައްދޫގެ 130 ވަރަކަށް މުވައްޒަފުންނަށް މިހާރު މި އޮތް ވެރިކަން ފެށުމުގެ ކުރިން މުސާރަ ލިބުމުގެ ދަތިކަން މިހާރު ތަޙައްމަލް ކުރަން ޖެހޭގޮތަށް ނުޖެހޭކަން ގިނަ މުވައްޒަފުން ފާހަގަ ކުރެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް