ފަހުގެ ޚަބަރު


އިތުރަށް...

އެޗްއާރސީއެމް އިން ލ.އަތޮޅާއި ތ. އޮޅުގައި ހިއުމަން ރައިޓްސް ކްލިނިތަކެއް ހިންގަން ފަށައިފި

ލިޔުނީ: Unknown - Monday, May 13, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ޓީމަކުން ލ. އަތޮޅާއި ތ. އަތޮޅުގައި ހިއުމަން ރައިޓްސް ކްލިނިތަކެއް ހިންގަން ފަށައިފިއެވެ. މިކްލިނިކްތައް ކުރިއަށްދާނީ މިމަހުގެ 12 އިން ފެށިގެން 21ގެ ނިޔަލަށެވެ.

މިކްލިނިކްތަކަކީ އަތޮޅުތަކުގައި ދިރިއުޅޭ މީހުން އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކުރުމަށާއި ކޮމިޝަންގެ ޚިދުމަތްތައް ތަޢާރަފްކޮށްދީ ފުޅާދާއިރާއެއްގައި މައުލޫމާތު ފޯރުކޮށްދިނުމުގެ ބޭނުމުގައި ހިންގޭ ކުލިނިކުތަކެއްކަމަށް އެ ކޮމިޝަނުން ބުނެއެވެ. އަދި މިކްލިނިކްތައް ހިނގުމުގެ މައިގަނޑު މަގުސަދުތަކަކީ އާއްމުންގެ މެދުގައި އިންސާނީ ޙައްޤުތަކާއި ޒިންމާތަކަށް ހޭލުތެރިކަން އިތުރުކުރުމާއި ކޮމިޝަންގެ ޚިދްމަތްތައް ޢަމަލީގޮތުން ކޮންމެވެސް މިންވަރަކަށް އަތޮޅުތަކުގެ ރައްޔިތުންނާ ގާތަށް ފޯރުކޮށް ދިނުމެވެ.

ހައްދުންމައްޗާއި އަދި ކޮޅުމަޑުލުގައި  ހިންގޭ ކްލިނިކްތަކުގައި ދެއަތޮޅުގެ އަތޮޅު ކައުންސިލާއި ރަށްރަށުގެ ކައުންސިލްތަކުގެ ކައުންސިލަރުންނާއި، ސްކޫލްތަކުގެ އިސްވެރިންނާއި އަދި ކައުންސިލް އިދާރާތަކާއި އަދި އެހެނިހެން އިދާރާތަކުގެ އިސްމުވައްޒަފުންނަށް އަމާޒުކުރެވިގެން މަސައްކަތު ބައްދަލުވުންތަކެއް ކުރިއަށްދާނެއެވެ. އަދި ސްކޫލްކުދިންނަށް އަމާޒުކުރެވިގެން އިންސާނީ ޙައްޤުތަކާއި ޒިންމާތައް ތައާރަފުކޮށް ސެޝަންތަކެއް ކުރިއަށް ގެންދިއުމާއި، އަންހެނުންނަށް ޚާއްޞަކޮށް އަމާޒުކުރެވިގެން އަންހެނުންގެ ޙައްޤުތަކާބެހޭ ފޯރަމްތަކެއް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މިފޯރަމްތަކުގައި އަންހެނުންގެ ހައްޤުތަކަށް ހޭލުންތެރިކުރުމާއި، އަންހެނުންގެ ޙައްޤުތައް ހޯދުމުގައި އަދި އަންހެނުންގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކާއި ފުރުޞަތުތަކުގެ މައްޗަށް މަޝްވަރާކުރެވޭނެއެވެ.

މީގެ އިތުރުން، އިންސާނީ ޙައްޤެއް ގެއްލިގެން ހުށަހަޅަން ބޭނުންވާ މައްސަލަތައް ބަލައިގަތުމުގެ ޚިދުމަތާއި މައްސަލައަކާއި ގުޅިގެން ބޭނުންވާ ގާނޫނީ ލަފާ ދިނުމުގެ ޚިދުމަތް ލިބޭނޭގޮތް ވަނީ ރޭވިފައެވެ. އަދި މިދެއަތޮޅުގެ ބައެއް ޖަމިއްޔާތަކަށް އިންސާނީ ޙައްޤުތައް ދިފާއުކޮށް ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ސެޝަންތަކެއް ކުރިއަށް ގެންދެވޭނެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން 2012ވަނަ އަހަރު އަލަށް ތަޢާރަފްކޮށް ފަށާފައިވާ މިކްލިނިކް ރާއްޖޭގެ ބައެއް އަތޮޅުތަކުގައި މިއަހަރު ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް