ލ. ގަމު އެމްޑީޕީ ކެމްޕޭން ޓީމާއި ރައީސް ނަޝީދު ބައްދަލުކުރައްވަނީ |
ގަމުގައި ދޮރުން ދޮރަށް ކެމްޕޭން ކުރިއަށްދާގޮތް އޮޅުންފިލުއްވައި އެ މަސައްކަތް ގޮސްފައިވާ މިންވަރު އޮޅުންފިލުއްވުމުގެ އިތުރުން ދޮރުން ދޮރަށް ކެމްޕޭން ކުރިއަށް ގެންދިއުމާއި ބެހޭ އަގުހުރި އިރުޝާދުތަކެއް މިއަދު ދެއްވާފައި ވާކަމަށް ގަމު ދާއިރާގެ ނައިބު ރައީސް އިސްމާޢީލް ޢަލީ އެލްއޭ ނިއުސް އަށް މަޢުލޫމާތުދެމުން ބުނުއްވިއެވެ.
ރައީސް ނަޝީދު ތ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރެއްވުމަށް އިއްޔެ ފެއްޓެވި ދަތުރުފުޅު ވިއްސާރަވުމުގެ ސަބަބުން ނިންމަވާލެއްވުމަށްފަހު މިއަދު ވަނީ މާލެ ވަޑައިގެންފައެވެ.
No comments: