ފަހުގެ ޚަބަރު


އިތުރަށް...

ލ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް އެމްޑީޕީއާއި ގުޅެން ބޭނުންވާކަމަށް ރައީސް ނަޝީދު އަރިހު ދަންނަވައިފި

ލިޔުނީ: Unknown - Monday, May 13, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އަތޮޅު ކައުންސިލް ނައިބް ރައީސް ފާއިދު ރައީސް ނަޝީދާއި ބައްދަލުކުރައްވަނީ
ހައްދުންމަތީ އަތޮޅު ކައުންސިލްގެ ނައިބް ރައީސް މުޙައްމަދު ފާއިދު (ޑޯޑީ) ރޭގެ ވަގުތެއްގައި ރައީސް މުޙައްމަދު ނަޝީދާއި ބައްދަލުކުރައްވައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އާއި ގުޅިލެއްވުމަށް ބޭނުންފުޅުވާކަމަށް ވިދާޅުވެއްޖެ ކަމަށް އިތުބާރު ހުރި ގޮތަކަށް އެލްއޭ ނިއުސްއަށް މަޢުލޫމާތު ލިބިއްޖެއެވެ.

އިއްޔެ ހަވީރު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ލ. ކައްދުއަށް ވައިގެމަގުން ރައީސް ނަޝީދު ވަޑައިގެންނެވި ވަގުތު އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށްވެސް އަތޮޅު ކައުންސިލް ނައިބް ރައީސް ފާއިދު ހުންނެވިތަން ސޯޝަލް މީޑިއާގައި ޢާއްމުވެފައިވާ ބައެއް ފޮޓޯތަކުންވެސް ފެނިފައި ވެއެވެ.

އެމްޑީޕީ ގަމު ދާއިރާގެ ނައިބު ރައީސް އިސްމާޢީލް ޢަލީ އޭނާގެ ފޭސްބްކް ޕޭޖްގައި ބުނެފައިވަނީ ޑީއާރްޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ އަތޮޅު ކައުންސިލް ނައިބު ރައީސް މުޙައްމަދު ފާއިދު އެމްޑީޕީއާއި ގުޅެން ބޭނުންވާކަމަށް ރައީސް ނަޝީދު އަރިހުގައި ދަންނަވާފައި ވާކަމަށެވެ. އަދި އެކަމަކީ ﷲ ގެ ރަޙްމަތްފުޅާއި އެކު ލ. ގަން އެމްޑީޕީއަށް ފަތަޙަ ކުރެވިދާނެކަމުގެ އަލިގަދަ ހެއްކެއްކަމަށް ބުނެފައިވެއެވެ.

އަތޮޅު ކައުންސިލް ނައިބު ރައީސް ފާއިދު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އާއި ރޭ ބައްދަލުކުރެއްވީ ގަމު ތުނޑީގައި ހުންނަ ރިވަރީސް ގެސްޓްހައުސްގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުން ރަސްމީކޮށް ފާއިދު އެމްޑީޕީ އާއި ގުޅިލައްވަނީ އެމްޑީޕީން ލ. އަތޮޅުގައި ބާއްވާ ވަރުގަދަ ކެމްޕޭން ޖަލްސާއެއްގައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް