ފަހުގެ ޚަބަރު


އިތުރަށް...

ރައީސް ނަޝީދު ތ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅެއްގައި އިއްޔެ ލ. އަތޮޅަށް ވަޑައިގަންނަވައިފި

ލިޔުނީ: Unknown - Monday, May 13, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އިއްޔަ ހަވީރު ރައީސް ނަޝީދަށް މަރުޙަބާ ދެންނެވުމަށް ގޮސް ފާއިދުވެސް ހުންނެވި
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު ތ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅެއްގައި އިއްޔެ ހަވީރު ލ. އަތޮޅަށް ވަޑައިގަންނަވައިފިއެވެ.

ކައްދޫ އެއަރޕޯޓުން ގަން-ފޮނަދޫގެ އެމްޑީޕީ ގިނަ ޢަދަދެއްގެ ސަޕޯޓަރުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ގޮސްފައި ވެއެވެ. މީގެ އިތުރުން ޑީއާރްޕީގެ ޓިކެޓްގައި ލ. އަތޮޅު ކައުންސިލް މެންބަރަކަށް ހޮވިވަޑައިގެންނެވި މުޙައްމަދު ފާއިދުވެސް ރައީސް ނަޝީދަށް މަރުޙަބާ ދެންނެވުމަށް އިއްޔެ ހަވީރު އެއަރޕޯޓަށް ގޮސް ހުންނެވިތަން ވަނީ ފެނިފައެވެ.

ތ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި އިއްޔެ ހަވީރު ކައްދޫ ބަނދަރުން ލޯންޗްގައި ތ. އަތޮޅަށް ފުރުއްވަން ހަމަޖެހިފައި ވީނަމަވެސް ވިއްސާރަވުމުގެ ސަބަބުން ރޭ މަޑުކުރެއްވީ ލ. ގަމު ރިވަރީސް ގެސްޓް ހައުސްގައެވެ.

ހަތަރުދުވަހުގެ މި ދަތުރު ފުޅުގައި ތ. އަތޮޅުގެ ގިނަރަށްތަކަކަށް އެމަނިކުފާނު ޒިޔާރަތްކުރައްވައި ކެމްޕެއިންއާއި ގުޅުންހުރި މަސައްކަތުބައްދަލުވުންތައް ހިންގެވުމާއި ދޮރުން ދޮރަށް ހިންގެވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާނެއެވެ. ރައީސް މުހަންމަދު ނަޝީދު މިއަދު ދަތުރުފުޅު ކުރައްވާނީ ވިލުފުއްޓަށެވެ.

އެމްޑީޕީގެ އިންސާފުގެ ދަތުރާއި އެކު ވަޢުދާ ހިނގުމާއި ދޭތިން ފަހެތި އަދި ރިޔާސީ ކެމްޕެއިންގެ ޖަލްސާތައް ރާއްޖޭގެ އެކިކަންކޮޅުގައި ދަނީ ހިނގަމުންނެވެ. ކުރިއަށްއޮތް ދައުރަށް ރައްޔިތުންގެ ވިސްނެވުމާއެކު އެކުލަވާލެވެމުންދާ އެމްޑީޕީ މެނިފެސްޓޯގައި ހިމެނޭ އުސްއަލިތައް ކޮންމެ ދެހަފްތާއަކުންކަހަލަ ގޮތެއްގައި އެމްޑީޕީން ގެންދަނީ މުޅި ރާއްޖެއަށް ހުޅުވާލަމުންނެވެ. ރާއްޖޭގެ 19 އަތޮޅާއި 2 ސިޓީގައި އެއްދުވަހަކު އެއްވަގުތަކާހެން ހުޅުވާލެވެމުންދިޔަ ސިޔާސަތުތަކުގެ ތެރޭގައި ގެސްޓް ހައުސް ވިޔަފާރީގެ ސިޔާސަތާއި، މެރިކަލްޗަރުގެ ވިޔަފާރީގެ ސިޔާސަތު އަދި މިނިވަން މަސައްކަތްތެރިޔާގެ ސިޔާސަތު ހިމެނެއެވެ. 07 ސެޕްޓެމްބަރ 2013 އާއި ދެމެދު މިއޮތް މުއްދަތުގައި އެފަދަ އިތުރު ފަސް ހަ ހުޅުވާލުމެއް މުޅި ރާއްޖޭގައި މުނާސަބު ކުރެވުމަށް އެމްޑީޕީ އިން ވަނީ އުފާވެރި ހަފްލާތައް އިންތިޒާމްކޮށްފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް