ފޮރެންސިކް ޓީމުން ބަޑި ނެރެނީ |
އެލްއޭ ނިއުސްއަށް މަޢުލޫމާތު ދިން މީހަކު ބުނީ ރައިފަލެއް ކަމަށް ބެލެވޭ އެ ބަޑި ފެނިފައިވަނީ ގ. ކުޑަފަރު ނަމަކަށް ކިޔާ ގެއަކުންނެވެ.
ފުލުހުންގެ ފޮރެންސިކް ޓީމުން އަސްލު ބަޑިއެއްކަމަށް ޝައްކުކުރެވޭ އެތި ކަރުދާހުން ކަވަރުކޮށްގެން ގެންދަނިކޮށް ނަގާފައިވާ ފޮޓޯތަކެއް މިހާރުދަނީ ޓްވިޓަރ އަދި ފޭސްބްކްގައި ފެތުރެމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މައުލޫމާތު ދެއްވަމުން ވިދާޅުވީ ބަޑިއެއް ފެނިގެން ފުލުހުންނަށް އެކަމުގެ ރިޕޯޓް މިއަދު ހެނދުނު 9:49 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި ރިޕޯޓު ލިބުމާއި ގުޅިގެން މިހާރު އެ ބަޑި ފުލުހުންގެ ބެލުމެ ދަށަށް ގެންގޮސްފައިވާ ކަމަށާއި ނަމަވެސް އިތުރު ތަފްސީލު މިވަގުތު ދެވެން ނެތް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ވަނީ އެ ބަޑިއާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވާ މަންޒަރުތައް ދައްކުވައިދޭ ފޮޓޯތައް އާންމުކޮށްފައެވެ.
އަދި ސީއެންއެމްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބަޑި އަކީ ފުދޭވަރަކަށް ދިގު ބަޑިއެކެވެ. ފުލުހުންގެ ފޮރެންސިކް ޓީމުން އެ ބަޑި ގެންގޮސްފައިވަނީ ކަރުދާސް ކޮތަޅަކަށް ލައި ފޮރުވައިގެންނެވެ.
ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް "ހަވީރަ"ށް ވިދާޅުވިގޮތުގައި ގ. ކުޑަފަރުން ފެނުނު އެ ބަޑިއަކީ ކުޅޭކުޅޭ އެއްޗެކެވެ.
"އެއީ ސީރިއަސް ކަމެއް ނޫން،" ރިޔާޒް ވިދާޅުވި އެވެ.
ފުލުހުން ބުނީ ގ. ކުޑަފަރުގޭގެ ސިޑިދަށުން ބަޑިއެއް ފެނިގެން ރިޕޯޓްކުރުމާއި ގުޅިގެން އެކަން ބަލަމުން ގެންދާކަމަށެވެ.
No comments: