ފަހުގެ ޚަބަރު


އިތުރަށް...

މަސައްކަތްތެރީންގެ އެމްޑީޕީގެ ސިޔާސަތު ލ. ފޮނަދޫގައިވެސް އިފްތިތާޙް ކޮށްފި.

ލިޔުނީ: Unknown - Sunday, May 5, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މަސައްކަތްތެރިންގެ ސިޔާސަތު އިފްތިތާޙްކުރުން ފޮނަދޫގައި - ފޮޓޯ: ޝިޔާމް
މިނިވަން މަސައްކަތްތެރިޔާ ހަމައިސްކޮޅަށް ތެދުވެވޭ، ފަޚްރުވެރި ދިވެހީން” މިނަމުގައި މަސައްކަތްތެރީންގެ އެމްޑީޕީގެ ސިޔާސަތު  އިއްޔެ ހަވީރު ލ. ފޮނަދޫގައިވެސް އިފްތިތާޙް ކޮށްފިއެވެ. ފޮނަދޫގައި މިކަން އިފްތިތާޙްކޮށްދެއްވީ ބާރަށު ދާއިރާގެ ރައްޔިތުންމަޖިލީހުގެ މެންބަރު މުޙައްމަދު ޝިފާޒެވެ.

ކުރިގަމު އަވަށު ސްޓޭޖް ސަރަޙައްދުގައި ބޭއްވި މި ރަސްމިއްޔާތުގައި އިސްދޫ ދާއިރާގެ ރައީސް ޢުމަރު ޢަބްދުއް ރައްޒާޤާއި މާވަށު ދާއިރާ ރައީސް ފާރޫޤް އުމަރާއި ފޮނަދޫ ދާއިރާގެ ރައީސް މުޙައްމަދު ޒާހިރުވެސް ބައިވެރިވެލެއްވިއެވެ.  

މަސައްކަތްތެރީންގެ އެމް.ޑީ.ޕީގެ ސިޔާސަތު އިފްތިތާހް ކޮށްދެއްވުމަށް އިއްޔެހަވީރު ފޮނަދޫގައި އޮތް ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުޙައްމަދު ޝިފާޒް  ވަނީ އެމްޑީޕީގެ މި ސިޔާސަތާއި ބެހޭ މުހިންމު މަޢުލޫމާތު ތަކެއް ހިއްސާ ކޮށްފައެވެ. މީގެ އިތުރުން މެންބަރުންގެ ސުވާލުތަކަށްވެސް ޖަވާބު ދެއްވިއެވެ.

އިއްޔެ ހަވީރުގެ ރަސްމިއްޔާތުގެ އިތުރަށް ރޭ 9:30 ގައި ވަނީ ހަމަ އެ ސަރަޙައްދުގައި 'އެއްބުރުން އެމްޑީޕީ - ލ. ފޮނަދޫ' މި ނަމުގައި ޖަލްސާއެއްވަނީ ބާއްވާފައެވެ. މި ޖަލްސާގައިވެސް ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒާއި، އިސްދޫ، މާވަށް އަދި ފޮނަދޫ ދާއިރާގެ ރައީސް ވާހަކަ ދެއްކެވިއެވެ. މީގެ އިތުރުން ލ. މާމެންދޫ ކައުންސިލް މެންބަރު އަބޫބަކުރާއި އެމްޑިޕީގެ ބައެއް ޢާއްމު މެންބަރުން ވާހަކަ ދެއްކިއެވެ. ރޭގެ ޖަލްސާއަށްވެސް ވަރަށް ގިނަ ޢަދަދެއްގެ މީހުން ދިޔަކަން ފާހަގަ ކޮށްލެވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް