ފަހުގެ ޚަބަރު


އިތުރަށް...

މަދަދު ގެ ނަމުގައި ލ. އަތޮޅާއި ތ. އަތޮޅުގައި މެޑިކަލް ކޭމްޕެއް ފަށައިފި

ލިޔުނީ: Unknown - Sunday, May 5, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އާއި އެމްއެންޑީއެފް މެޑިކަލް ސަރވިސް ގުޅިގެން ލ. އަތޮޅާއި ތ. އަތޮޅުގެ ބައެއްރަށްރަށުގައި "މެޑިކަލް ކޭމްޕް މަދަދު" ގެ ނަމުގައި މެޑިކަލް ކޭމްޕެއް މިއަދު ފަށާގޮތަށް ހަމަޖެހިފައި ވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދުން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިކޭމްޕް ކުރިއަށް ގެންދާނެ ރަށްތަކަކީ ތ. އަތޮޅުން ހިރިލަންދޫ، ވޭމަންޑޫ، ތިމަރަފުށި، ގުރައިދޫ އަދި ވިލުފުއްޓެވެ. ލ. އަތޮޅުގައި މިކޭމްޕް ކުރިއަށް ގެންދާނީ ލ. ގަމުގައެވެ. ލ. ގަމުގައި މިކޭމްޕް، އެރަށުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގައި ބާއްވަން ހަމަޖެހިފައިވާއިރު، ވޭމަންޑޫގައި ކޭމްޕް ބާއްވާނީ އެރަށުގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލްގައެވެ. ހިރިލަންދޫ އާއި ތިމަރަފުށްޓާއި ވިލުފުށީގައި ކޭމްޕް ބާއްވާނީ އެރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުގައެވެ.

މިކޭމްޕްގައި ކުޑަކުދިންގެ ޑޮކްޓަރަކާއި، ދަތުގެ ޑޮކްޓަރަކާއި، ކަރުންމަތީގެ ޑޮކްޓަރަކާއި، ލޮލުގެ ޑޮކްޓަރެއްގެ އިތުރުން ހަމުގެ ޑޮކްޓަރެއް ބަލިމީހުން ބައްލަވާނެއެވެ. އަދި މިއިން ކޮންމެ ޑޮކްޓަރަކާއެކު ޕެރަމެޑިކެއްވެސް ހަރަކާތްތެރިވާނެއެވެ.

މިކޭމްޕްގެ މަޤްޞަދަކީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި ހިމެނޭ ލ. އަތޮޅާއި ތ. އަތޮޅުގެ ރައްޔިތުންނަށް، ޚާއްޞަ ޑޮކްޓަރުންގެ ޓީމަކުން ލުއި ފަސޭހަކަމާއެކު ޞިއްޙީ ފަރުވާ ފޯރުކޮށްދީ، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް މަގުފަހިކޮށްދިނުމާއި ކުއްލި ޙާލަތުގައި ފޯރުކޮށްދޭންޖެހޭ މެޑިކަލް އިވެކްއޭޝަންތައް މަދުކުރުން ކަމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން މަޢުލޫމާތު ދެއްވައެވެ.

މި ޕްރޮގްރާމަކީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަޑް) މުޙައްމަދު ނާޒިމް ހުސްވި އޭޕްރީލްމަހުގެ 14 އިން 19 އަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުފުޅުގައި އިންޑިޔާ ސަރުކާރާއިއެކު ބޭއްވެވި މަޝްވަރާތަކުގެ ދަށުން އިންޑިއާގެ ސަރުކާރުގެ އެހީތެރިކަމާއެކު ހިންގާ ޕްރޮގްރާމެކެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް