ފަހުގެ ޚަބަރު


އިތުރަށް...

މާވަށަށް ދަތުރު ކުރި ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

ލިޔުނީ: Unknown - Sunday, May 5, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މ.މުލަކުން ފުރައިގެން ލ.މާވަށަށް ދަތުރު ކުރި މަސްދޯންޏަކަށް ވީނުވީއެއް ނޭނގިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ މ.މުލަކުން ފުރައިގެން ދަތުކުރި "އަޒުމް" ނަމަކަށްކިޔާ ދޯންޏެކެވެ. މިދޯންޏަކީ މިމަހުގެ 4 ވަނަ ދުވަހު، ގާތްގަނޑަކަށް 08:00 ހާއިރު، ދެދިވެހިންނާއެކު މ.މުލަކުން ފުރައިގެން ލ.މާވަށަށް ދަތުކުރު ކުރަމުންދިޔަ ގާތްގަނޑަކަށް 40 ފޫޓްގެ މަސް ދޯންޏެކެވެ. އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ، އިއްޔެ 10:15 ހާއިރުކަމަށާއި، އޭރު ދޯނި ދަތުރުކުރަމުންގޮސްފައިވަނީ މ.އަތޮޅު ހަކުރާހުރާ އާ ހިސާބުންނެވެ.

މިދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން އިއްޔެއިން ފެށިގެން ކަނޑު މަގުން މަސައްކަތް ކުރަމުން އަންނައިރު، ތ. އަތޮޅާއި، މ.އަތޮޅާއި އަދި ލ. އަތޮޅުމުގެ ރަށްތައް ބެލުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އަދި މީގެ އިތުރުން، އައިލެންޑް އޭވިއޭޝަން ފްލައިޓެއްގެ އެހީގައި ވައިގެން މަގުންވެސްވަނީ މިދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް