ފަހުގެ ޚަބަރު


އިތުރަށް...

ސޯފާ އެގްރިމެންޓްގައި ސޮއެއް ނުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެ

ލިޔުނީ: Unknown - Tuesday, May 21, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެމެރިކާ ސިފައިންނަށް އެއްބާރުލުމާއި އެހީތެރިކަން ދިނުމުގެ އެއްބަސްވުން، ސްޓޭޓަސް އޮފް ފޯސަސް އެގްރީމަންޓް (ސޯފާ) ގައި ރާއްޖެ އަށް ސޮއި ނުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޝައިހް މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެޓާނީ ޖެނެރަލް ކަމުގެ މަގާމުގައި އައިޝަތު އާޒިމާ ޝަކޫރު ހުންނެވި އިރު ސޯފާ އެގްރިމަންޓާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައި ވާއިރު، މިނިސްޓަރު ޝަހީމް ފޭސްބުކްގައި ވިދާޅުވީ ބޭރުގެ ސިފައިންގެ ބަޔަކު ރާއްޖޭގައި ތިބޭ ގޮތަށް އެ އެއްބަސްވުމުގައި ސޮއިނުކުރެވޭނެ ކަމަށެވެ. އަދި އެ މީހުންގެ މަނަވަރުތަކަށް ތެޔޮއަޅާ މަންޒިލަކަށް ރާއްޖެ ނުހެދޭނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވެފައި ވަނީ ރާއްޖެ އަކީ އިސްލާމީ ގައުމަކަށްވެފައި އެމެރިކާ އިން އެ ގައުމުގެ މަރުކަޒަކަށް ރާއްޖެ ބޭނުންކޮށްފާނެ ކަމުގެ ބިރު އޮތުމެވެ.

"އިސްލާމީ ގައުމަކަށް ހަމަލަދޭއިރު އެ މީހުންގެ [އެމެރިކާގެ] މަރުކަޒަކަށް ރާއްޖެ ބޭނުންކޮށްފާނެ. މިކަމާ އެއްވެސް ދުލެއް ނުދެވޭނެ،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމުގެ ފޭސްބުކް ސްޓޭޓަސްގައި ބުނެފައިވަނީ ބޭރުގެ ސިފައިގެ ބަޔަކު ރާއްޖޭގައި ތިބޭ ގޮތަށް ސޯފާ އެގްރީމަންޓްގައި ސޮއި ނުކުރެވޭނެ ކަމަށެވެ. ސްޓޭޓަސްއަށް ޝަހީމު ކުރައްވާފައިވާ ކޮމެންޓެއްގައި ވިދާޅުވެފައިވަނީ މިކަމުގައި އިއްޗިއެއްހާ ތަންވެސް ދޫ ނުދޭނެ ކަމަށާއި، އަދާލަތު ޕާޓީން މިކަމާއި ގުޅޭގޮތުން ރަސްމީކޮށް ސިޓީއަކުން ސަރުކާރުގައި އެދޭނެ ކަމަށެވެ.

"ސޯފާ އެގްރީމަންޓްގަ ސޮޔެއް ނުކުރެވޭނެ. ބޭރުގެ ސިފައިންގެ ބަޔަކު ރާއްޖޭގައި ތިބޭ ގޮތަކަށް. އަދި އެ މީހުންގެ މަނަވަރު ތަކަށް ތެޔޮ އަޅާ މަންޒިލަކަށް ރާއްޖެ ނުހެދޭނެ. ސަބަބަކީ އިސްލާމީ ގައުމަކަށް ހަމަލާ ދޭއިރު އެމީހުންގެ މަރުކަޒަކަށް ރާއްޖެ ބޭނުން ކޮށްފާނެ. މިކަމާ އެއްވެސް ދުލެއް ނުދެވޭނެ،" ޝަހީމުގެ ފޭސްބުކް ސްޓޭޓަސްގައި ވިދާޅުވެފައި ވެއެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަކީ "ރެޑް ލައިން" ކަމަށާއި، އެކަމާއި ބެހޭގޮތުން ރައީސް ޑރ. މުހަންމަދު ވަހީދުއާ މަޝްވަރާ ކޮށްފައިވާ ކަމަށްވެސް ޝަހީމު ސްޓޭޓަސްއަށް ކުރައްވާފައިވާ ކޮމެންޓް ތަކުގައި ވިދާޅުވެފައި ވެއެވެ. އަދި އެކަމާއި ގުޅިގެން އަދާލަތުގެ ސްޓޭންޑް މިހާރުވެސް ކަމާބެހޭ ފަރާތްތަކަށް ދަންނަވާފައިވާ ކަމަށްވެސް ޝަހީމު ވިދާޅުވެފައި ވެއެވެ.

ސޯފާ އެގްރީމަންޓްގައި ސޮއި ކުރުމާ ދެކޮޅަށް އިސްލާމިކް މިނިސްޓަރު އަޑު އުފުއްލަވާފައިވާއިރު ކުރީގެ ބަންޑާރަނައިބު އަދި މިހާރުގެ ޖެންޑާ މިނިސްޓަރު އާޒިމާ ޝުކޫރުވެސް ވަނީ ސޯފާ އެގްރީމަންޓުގައި ސޮއި ކުރުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ދެވަޒީރަކު ސޯފާ އެގްރިމެންޓާ މެދު ކަންބޮޑުވުންފާޅުކުރައްވާފައިވާއިރު، އެކަމުގައި އިސްކޮށް އުޅުއްވާ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމު ވާހަކަ ދައްކަވާފައިވަނީ ސޯފާ އެގްރިމެންޓަށް ތާއިދު ކުރައްވާކަމަށް ދޭހަވާ އިބާރާތްތަކުންނެވެ. 
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް