ފަހުގެ ޚަބަރު


އިތުރަށް...

ދެ މީހުންނާ އެކު ގެއްލުނު އަޒުމު ދޯނި ފެނިއްޖެ

ލިޔުނީ: Unknown - Saturday, May 25, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މީގެ ތިން ހަފްތާ ކުރިން ދެ މީހުންނާ އެކު މ. އަތޮޅުން ދަތުރު ކުރި އަޒުމު ދޯނި ފެނިއްޖެ އެވެ.

 އެނގިފައިވާ ގޮތުގައި އެ ދެ މީހުން ނަގާފައި ވަނީ ސިންގަޕޫރުގެ ބޯޓަކަށެވެ. ދެ މީހުންގެ ވެސް ހާލު ރަނގަޅު ކަމަށް އެނގިފައިވެ އެވެ. އެ މީހުން ވަނީ އެ މީހުންގެ އާއިލާ އާ މިއަދު ހެނދުނު ގުޅައި ހަބަރުދީފައި ކަމަށް ވެސް ސަން އަށް ވަނީ އެނގިފަ އެވެ. އަދި އެ މީހުންނަށް ސިންގަޕޫރަށް ދެވޭނީ ހަތަރު ދުވަސް ފަހުން ކަމަށް އެނގިފައިވެ އެވެ.

އެ ދޯނިން ދަތުރުކޮށްފައިވާ ދެ މީހުންނަކީ، އދ. މާމިގިލީ ހަނދުވަރުދޭގޭ ހަސަން ރަޝީދު،39، އަދި ލ. މާވަށް ހިޔަލީގޭ އުމުރުން 32 އަހަރުގެ އަބްދުﷲ ވަހީދު އެވެ.

ޢަޒުމް ދޯނި ފެނިފައިވަނީ މިއަދު ހެނދުނު 06:10 ހާއިރު މާޝަލް އައިލަންޑްސްގައި ރަޖިސްޓްރީކޮށްފައިވާ އޮއިލް ޓޭންކަރަކަށް ކަމަށާއި މިދޯނި ފެނިފައިވަނީ ރާއްޖޭގެ އިރުމަތިން 987 މޭލު ބޭރުން ސްމަޓްރާއާ 300 މޭލު ބޭރުން ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން މައުލޫމާތު ދެއްވައެވެ.

މިދޯނި ފެނުނު ކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުންވަނީ ޢަޒުމް ދޯނިން ދަތުރުކުރި ޙަސަން ރަޝީދުއާއި އަދި އޮއިލް ޓޭންކަރުގެ އިސް އޮފިސަރުންނާވެސް ވާހަކަ ދައްކާފައެވެ. އެމްއެންޑީއެފް ކޯސްޓްގާޑުން މައުލޫމާތު ދެއްވާގޮތުގައި  ޢަޒުމް ދޯނިން ދަތުރުކުރި މީހުން އޮއިލް ޓޭންކަރަށް ނެގިއިރު ހާލު ދެރަ ނަމަވެސް މިހާރު އެ ދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އޮއިލް ޓޭންކަރު މިހާރު ދަތުރުކުރަމުންދަނީ ޗައިނާއަށް ކަމަށާއި ދާ މަގުމަތީގައި މިމަހުގެ 28 ވަނަ ދުވަހު ސިންގައްޕޫރުގެ އައުޓަރ ޕޯޓްގައި މަޑުކުރާނެ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމުގައިވެސް އެމްއެންޑީއެފް ކޯސްޓްގާޑުން މައުލޫމާތު ދެއްވައެވެ

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އަބްދުއްރަހީމް މިއަދު ވިދާޅުވީ ރާއްޖެ އާއި 1000 މޭލު ދުރުން، ސުމަޓްރާ އާ 300 މޭލު ބޭރުގައި އޮތް "އަޒުމް" ދޯނި ފެނިފައިވަނީ ޗައިނާއަށް ދަތުރުކުރަމުން ދިޔަ ތެޔޮ ޓޭންކަރަކަށް ކަމަށެވެ. އަދި އަޒުމް ދޯނީގައި ތިބި ދެ މީހުން ވެސް އެ ދޯންޏަށް ނަގާފައިވާއިރު ދެ މީހުންގެ ވެސް ހާލު މިހާރު ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

" އެ ދެމީހުންގެ ތެރެއިން އެކެއްގެ ހާލު ތޮޔޮ ޓޭންކަރަށް އެމީހުން ނެގިއިރު ދަށް، ނަމަވެސް މިހާރު ދެ މީހުންގެ ހާލު ވެސް ރަނގަޅު، އަޅަނޑުގަނޑުމެން މިގެންދަނީ ބޯޓާ ވާހަކަ ދައްކަމުން، އަޒުމް ދޯނިން ދަތުރު ކުރި ދެމީހުންގެ ތެރެއިން ހަސަން ރަޝީދާ ވެސް ކޯސްޓްގާޑުން ވަނީ ވާހަކަދައްކައިފައި، ބޯޓުން ބުނީ އެމީހުން ދަތުރު ކުރަމުން މިގެންދަނީ ޗައިނާގެ ބަނދަރަށް ކަމަށް، ނަމަވެސް އޭގެ ކުރިން ސިންގަޕޫރުގެ ހައުޓާ ހާބަރުގައި ބަނދަރުކޮށްފާނެ ކަމަށް ވެސް އެމީހުން ބުނޭ،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

ޗައިނާއަށް ދަތުރު ކުރަމުން ދިޔަ އެ ތެޔޮ ޓޭންކަ މާޝަލް އައިލެންޑްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބޯޓެކެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް