ފަހުގެ ޚަބަރު


އިތުރަށް...

ގަމު ހޮސްޕިޓަލުގައި ޑޮކްޓަރުންނެތި ގިނަދުވަސްވާތީ މުޒާހަރާ ކުރަނީ

ލިޔުނީ: Unknown - Saturday, May 25, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގައި ބައެއް ބަލިތަކުގެ ޚާއްޞަ ޑޮކްޓަރުންނެތި ގިނަދުވަސްވާތީ މާދަމާ (25 މެއި 2013 ހޮނިހިރު) ހެނދުނު 9 ޖަހާއިރު ހޮސްޕިޓަލް ކައިރީގައި ގަމު އަންހެނުންމުޒާހަރާ ކުރުމަށް ނިންމާފައި ވާކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.

ގަމު އަންހެނުން އިސްނަގައިގެން މިފަދަ މުޒާހަރާއެއް މާދަމާ ބޭއްވުމަށް ނިންމާފައިވަނީ ކުރިން ގަމު ރީޖަނަލް ހޮސްޕިޓަލުގައި ތިބި ބައެއް ބަލިތަކުގެ ޚާއްޞަ ޑޮކްޓަރުންނެތި ގިނަދުވަސްތަކެއްވެފައިވާއިރު އެކަން ހައްލުކުރުމަށް އެދެވޭ މަސައްކަތެއް މިހާރު އޮތް ސަރުކާރުން ނުކުރާތީ ސަރުކާރާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުމަށްކަމަށް މަޢުލޫމާތު ލިބެ އެވެ.

ގަމު ހޮސްޕިޓަލުގައި އަންހެނުންގެ ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް ނުލިބޭތާ މިހާރު މަހެއްވަރު ވެފައިވާކަމަށް ބައެއް މާބަނޑު އަންހެނުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވެއެވެ. ހޮސްޕިޓަލުގެ އިސް އޮފިޝަލަކުވެސްވަނީ މިކަން އެލްއޭ ނިއުސްއަށް ކަށަވަރުކޮށްދެއްވާފައެެވެ. މަޢުލޫމާތު ލިބިފައިވާގޮތުން ކުރިން އެ ހޮސްޕިޓަލުގައި މަސައްކަތްކުރަމުން ދިޔަ އަންހެނުންގެ ޚާއްޞަ ޑޮކްޓަރު ޗުއްޓީއަކަށްކަމަށްބުނެ އިންޑިއާއަށް ދިޔަގޮތަށް އެއްވެސް ޚަބަރެއް ނުވެއެވެ. އެ ޑޮކްޓަރަށް ގުޅަން ހޮސްޕިޓަލުން ކުރި މަސައްކަތްވެސް ނާކާމިޔާވެފައި ވާކަމަށް މަޢުލޫމާތު ލިބެއެވެ.

ގަމު ހޮސްޕިޓަލުގައި އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއްނެތި މިހާދުވަސް ވެފައި ވާއިރު މިވަގުތު ލ. އަތޮޅުގައި 105 އަށްވުރެން ގިނަ މާބަނޑުމީހުން ޑޮކްޓަރެއްގެ އިންތިޒާރުގައި ތިބިކަން އެލްއޭ ނިއުސްއަށްވަނީ އެނގިފައެވެ. ވަކި ރަށްރަށުގެ ޢަދަދުތައް ލިބިފައި ނުވިނަމަވެސް މިވަގުތު އަތޮޅު ވެރިކަންކުރާރަށް ފޮނަދޫގައި އެކަނިވެސް 16 މާބަނޑު އަންހެނުން އެބަތިބިކަމަށް އެފަދަ ރެކޯޑްތައް ބަލަހައްޓާ ސިއްހީދާއިރާގެ ފަރާތަކުން އެލްއޭ ނިއުސް އަށް ކަށަވަރުކޮށްދީފައި ވެއެވެ.

ބަޣާވާތަކުން ވެރިކަން ބަދަލުކޮށް ވެރިކަމަށް އަރާހުންނެވި ވަހީދު ޙަސަންމަނިކުގެ ސަރުކާރު އައިފަހުން މުޅި ރާއްޖޭގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޙާލަތު ދުވަހެއް ދުވަހަކަށް ދަށްވަމުން އަންނަކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް