ފަހުގެ ޚަބަރު


އިތުރަށް...

''ޢަޒުމް'' ދޯނި ހޯދުމުގެ މަސައްކަތުގައި ކަނޑާއި ވައިގެ މަގުންވެސް ބަލައިފި

ލިޔުނީ: Unknown - Tuesday, May 7, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މިދިޔަ ހޮނިހިރު ދުވަހު ހެނދުނު 08:00 ހާއިރު މ.މުލަކުން ފުރައިގެން ލ. މާވަށަށް ދަތުކުރި "އަޒުމް" ނަމަކަށްކިޔާ ދޯނީގެ ޚަބަރެއްނުވެގެން މިދޯނި ހޯދުމުގެ މަސައްކަތުގައި ކަނޑާއި ވައިގެ މަގުންވެސް އިއްޔެ ކޮށްފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

މިގޮތުން އެ ދޯނި ހޯދަން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހުއްޓާނުލާ ކުރެވެމުންދާ މަސައްކަތުގައި އިއްޔެ ފަތިހު 05:00 އިން ފެށިގެން މިހާރުވެސް ދަނީ ނޫރައްދީން ލޯންޗް އެސަރަޙައްދު ބަލަމުންނެވެ. މިގޮތުން ވަނީ ކަނޑުގެ ބޮޑު ސަރަޙައްދެއް ބަލާފައެވެ. އަދި މިއޮޕަރޭޝަންގައި އިއްޔެ މެންދުރުފަހު 15:00 އިން ފެށިގެން ޝިޕް ހުރަވީ ވެސް ދަނީ އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންެނެވެ. މީގެއިތުރުން، އިއްޔެ ހެނދުނު ވަނީ ޓީއެމްއޭގެ މަތިންދާ ބޯޓެއް ބޭނުންކޮށްގެން އެސަރަޙައްދު ވައިގެމަގުންވެސް ބަލާފައެވެ. މިގޮތުން އިއްޔެ މެންދުރުފަހު ވަނީ އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުންވެސް އެ ސަރަޙައްދު ބަލާފައެވެ. މިގޮތުން ކުރެވުނު މަސައްކަތުން، ލ އަތޮޅާއި ތ. އަތޮޅު ހިމެނޭ ސަރަޙައްދުގެ ބޮޑުބައެއް ބެލިފައިވީނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދޯނި ވަނީ ފެންނަގޮތް ނުވެފައެވެ.

މި ދޯނި ހޯދުމަށް ކުރެވުނު މަސައްކަތުގައި ލ. އަތޮޅާއި ތ. އަތޮޅުގެ ކައުންސިލް އިދާރާ އާއި ރަށްރަށުގެ ކައުންސިލްތަކުގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކު އެ ދެއަތޮޅުގެ ރަށްތައް ވެސް ވަނީ ބަލާފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ގެއްލުނު ''އަޒުމް'' ދޯނީގައި ތިބީ، އދ.މާމިގިލީ ހަނދުވަރުދޭގޭ އުމުރުން 39 އަހަރުގެ ޙަސަން ރަޝީދު އާއި ލ.މާވަށް ހިޔަލީގޭ އުމުރުން 32 އަހަރުގެ ޢަބްދުﷲ ވަހީދު ކަމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން މަޢުލޫމާތު ދެއްވައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް