ފަހުގެ ޚަބަރު


އިތުރަށް...

ހުރިހާ ތަރައްގީއެއް ހުއްޓުވާފައި ހުރީ ސިދާ ރައީސް ވަހީދު: އެލްޖީއޭގެ ނައިބު ރައީސް

ލިޔުނީ: Unknown - Sunday, May 5, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރައްޔިތުންގެ ހުރިހާ ތަރައްގީއެއް ވެސް ހުއްޓުވާފައި ހުރީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ކަމަށް އެލްޖީއޭގެ ނައިބު ރައީސް ޝުޖާއު ހުސައިން ވިދާޅުވެއްޖެއެވެ.

މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ޝުޖާއު ވިދާޅުވީ ރައީސް ވަހީދު ތަރައްގީތައް ހުއްޓުވާފައި، އެކަން ކައުންސިލްތަކުގެ ބޮލުގައި އަޅުވަމުން އަންނަ ކަމަށެވެ. އެގޮތުން ރައީސް ވަހީދު ހދ. ވައިކަރަދޫއަށް ވަޑައިގެން ތަރައްގީތައް ހުއްޓިފައިވަނީ ކައުންސިލްތަކުގެ ސަބަބުންކަން ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވާފައިވާކަން ޝުޖާއު ފާހަގަ ކުރެއްވެވިއެވެ.

"ނައިބު ރައީސެއްގެ ގޮތުގައި ހުރެ ދ. މީދޫއަށް ވަޑައިގެން އެ ރަށުގެ ނަރުދަމާ އިފްތިތާހު ކޮށްފަ އަނެއްކާ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ވަޑައިގެން ވެސް މި އިފްތިތާހު ކުރީ ހަމަ އެ ނަރުދަމާ. ހަމަ އެހެން، ރައީސް ނަޝީދުގެ އަރިހުގައި ނައިބު ރައީސް އަކަށް ވަޑައިގެން ދެ ބޭފުޅުން ހދ. ކުޅުދުއްފުށީ މަގުހެދުމުގެ ޕްރޮޖެކްޓް ފައްޓަވައިދެއްވީ. ރައީސުލްޖުމްރޫހިއްޔާގެ ގޮތުގައި ކުޅުދުއްފުއްޓަށް ވަޑައިގެން ހަމަ އެއްކަލަ މަގު ހެދުމުގެ ޕްރޮޖެކްޓް މި ފައްޓަވައި ދެއްވީ. މީ ހަމަޖެހޭ ބޭފުޅެއް ނޫން،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ކައުންސިލުތަކަށް އިމާރާތުގެ ދަތިކަން ދިމާވެފައިވާ ކަމަށާއި، އެކަން މިއަހަރު ތެރޭގައި ހައްލު ކޮށްދެއްވާނެ ކަމަށް ރައީސް ވަހީދު ވިދާޅުވެފައިވާއިރު އޭގެ ކުރިން ކައުންސިލުތަކުގެ ފޯނު ބިލާއި ކަރަންޓް ބިލުތައް ދައްކަން ޖެހޭކަން ރައީސް ވަހީދަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ބިލްތައް ނުދެއްކުމުގެ ސަބަބުން ކައުންސިލު ތަކުން ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތަކަށް ހުއްޓެމުން އަންނަ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

"ފާޓު ފުޅާކޮށްފަ އިމާރާތުގެ ދަތިކަން ކައުންސިލްތަކަށް ހައްލުކޮށްދެއްވާނަމޭ ވިދާޅުވާއިރު، އެ ބޭފުޅާއަށް އެނގިނުލައްވައޭ ފޯނު ބިލުތަކާއި ކަރަންޓް ބިލްތައް ނުދެއްކި އަސާސީ ހިދުމަތްތައް ހުއްޓެމުންދާ ކަމެއް،" ޝުޖާއު ވިދާޅުވިއެވެ.

ވައިކަރަދޫއަށް ވަޑައިގެން އެރަށު ކައުންސިލަށް ނިސްބަތްވާ ގޮތަށް ރައީސް ވަހީދު ނުރުހުން ފާޅު ކުރައްވާ ވާހަކަފުޅު ދެއްކެވީ، އެ ރަށުގެ ކައުންސިލް އެއްވެސް މެމްބަރަކު އެމަނިކުފާނާއި ބައްދަލު ކުރައްވަން ވަޑައިނުގެންނެވުމުންނެވެ. އެގޮތުން އެކަމާ ނުރުހުން ފާޅު ކުރައްވަމުން ރައީސް ވަހީދު ވިދާޅުވީ ސަރުކާރުގެ ވަޒީފާގައި ތިބެ، ރައްޔިތުންނަށް ކޮށްދޭ ކަންކަމުގައި ބައިވެރި ނުވެ އެ ކަންކަން ލަސް ކުރުމަކީ ކުށެއް ކަމުގައެވެ.

އެލްޖީއޭގެ ނައިބްރައީސް ވިދާޅުވިވާހަކަތަކަށް ލ. އަތޮޅުން ހެކި ފެންނަމުން އެބަދެއެވެ. ފޮނަދޫ ނަރުދަމާ ނިޒާމު ކުރީގެ ސަރުކާރުން ނިންމާފައި އޮތްނަމަވެސް ހައުސް ކަނެކްޝަންތައްވެސް އަދިވެސް ވަނީ ނުނިމިއެވެ. މީގެ އިތުރުން އަދުގެ ސަރުކާރުން ކޮށްދޭން ޖެހޭ ކަންކަން ނުކޮށްދޭތީ ލ. މާމެންދޫ ކައުންސިލުން ވަނީ ސަރުކާރުގެ އެއްވެސް ކަމަކަށް އެއްބާރުލުން ނުދިނުމަށް ނިންމާ ގަރާރެއް ފާސްކޮށްފއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް