ފަހުގެ ޚަބަރު


އިތުރަށް...

ފުލުހުންގެ ރިޒާވް ފޯސް ނުވަތަ “ސްޕެޝަލް ކޮންސްޓެބްލަރީ” އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ލިޔުނީ: Unknown - Sunday, May 5, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ފުލުހުންގެ ޤާނޫނުން ލިބޭ އިޚުތިޔާރުގެ ދަށުން ފުލުހުންގެ ރިޒާވް ފޯސް އެއް ނުވަތަ “ސްޕެޝަލް ކޮންސްޓެބްލަރީ” އަށް ކުރިމަތިލުމުގެ ފުރުޞަތަށް ޢާންމުކޮށް ހުޅުވާލައި އިޢުލާންކޮށްފިއެވެ.

މިކަމާގުޅޭ ގޮތުން ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޟް މިދިޔަ ހަފުތާގައި މީޑިއާތަކަށް މަޢުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވީ ފުލުހުންގެ ޤާނޫނުން ލިބިފައިވާ އިޚުތި
ޔާރުގެ ދަށުން ރިޒާރވް ފޯރސް އެއް އުފެއްދުމުގެ ހުއްދަ ރައީސުލް ޖުމްހޫރިއްޔާ ދެއްވާފައިވާކަމަށާއި އެކަން ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ.
ފުލުހުންގެ ތެރެއަށް މުޅިން އަލަށް ތަޢާރަފުކުރާ “ސްޕެޝަލް ކޮންސްޓެބްލަރީ” ފުލުހަކަށް ވުމުގެ ޝަރުޠެއްގެ ގޮތުގައި ގްރޭޑް 10 ނިންމާފައިވުން ހިމެނެއެވެ. މިހެންކަމުން ގްރޭޑް 10 ނިންމާފައިވާ، ޢުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ފިރިހެނުންގެ ތެރެއިން އިސްކޮޅުން 5 ފޫޓު 3 އިންޗިއަށްވުރެ ކުރުނޫން އަދި އަންހެނުން އިސްކޮޅުން 5 ފޫޓަށްވުރެ ކުރުނޫން ކޮންމެ ދިވެއްސަކަށްވެސް މިމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އޮންނާނެ އެވެ.

ފުލުހުންގެ ރިޒާވް ފޯސްއަށް ރެކްރޫޓްކުރެވޭ ހުރިހާ ފަރާތްތަކުންވެސް ފުލުހުންގެ އަސާސީ ތަމްރީނު ކޯސް ފުރިހަމަކުރަންޖެހޭނެއެވެ. އަދި އެތަމްރީނު ކޯހުން ފާސްވާ ހުރިހާ ފަރާތްތަކަށް ޕޮލިސް ބޭސިކް ތަމްރީނު ކޯސް ފުރިހަމަކުރި ކަމުގެ ސެޓްފިކެޓް ލިބުމާއެކު ފުލުހުންގެ ހުވާވެސް ކުރަންޖެހޭނެއެވެ. މި ގޮތަށް ތައްޔާރުކުރެވޭ ފުލުހުން މަސައްކަތްކުރާނީ ހަމަޖެހިފައި އޮންނަ އުސޫލުގެ ދަށުން އެފަރާތަކާ ހަވާލުކުރެވޭ މަސައްކަތްތައް އެކަންޏެވެ. އަދި ރިޒާވް ފޯސް އުފެދިގެން ދިއުމަށްފަހު ފުލުހުންގެ ތެރެއިން ހުސްވާ މަޤާމުތަކަށް މީހުން އިތުރުކުރަން ބޭނުންވާ ހާލަތްތަކުގައި ފެންވަރު ބެލުމަށްފަހު ފުލުހުންގެ ޚިދުމަތާ ދާއިމީކޮށް ގުޅުމުގެ ފުރުޞަތު ލިބޭނެއެވެ.

ފުލުހުންގެ ތެރެއަށް މުޅިން އަލަށް ނެގުމަށް ހަމަޖެހިފައިވާ “ސްޕެޝަލް ކޮންސްޓެބްލަރީ” އާގުޅޭ ގޮތުން މަޢުލޫމާތު ހިއްސާކުރުމުގެ ސެޝަނެއް މިމަހުގެ 08 ވަނަ ދުވަހުގެ 20:30 ގައި އިސްކަންދަރު ކޮށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ހަވީރު 16:00 އާއި ހަމައަށެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފޯރމް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބްސައިޓް www.police.gov.mv އިން ލިބެން ހުންނާނެއެވެ.

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް