ފަހުގެ ޚަބަރު


އިތުރަށް...

ކުލައިން ދެވޭ މޫސުމާބެހޭ އިންޒާރުތަކު މާނަ އަކީ ކޮބާ؟

ލިޔުނީ: Unknown - Friday, May 3, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މޫސުމާއި ބެހޭ އިންޒާރުތައް ކުލައިން ދިނުމަކީ މޫސުމް ބަލާ ފަރާތްތަކުން ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް މި ކުލަތަކުން ދެވޭ އިންޒާރުގެ މާނަ، ޢާއްމު ރައްޔިތުމީހާ އަށް އެނގިފައި ނުވުމަކީ އެކަށީގެންވާ ކަމެކެވެ. ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިންވެސް މިފަދަ އިންޒާރުތައް ދެމުން ގެންދެއެވެ.

ބޭރުގެ ޤައުމުތަކުގައިވެސް މިފަދަ އިންޒާރުތައް ދިނުމަކީ ކުރަމުން އަންނަ ކަމެކެވެ. އެކި ތަންތަނުގައި މި އިންޒާރުތައް މާނަކުރުމުގައި ކޮންމެވެސް ވަރެއްގެ ތަފާތުކަމެއް ހުރި ނަމަވެސް ޢާއްމުގޮތެއްގައި މި ދަންނަވާ ކުލަ އިންޒާރުތަކުގެ މާނަ ދާދި އެއްގޮތް ކަމަށް ފާހަގަ ކުރެވެއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާއިން މޫސުމުގެ އިންޒާރުތައް ދިނުމަށް ގެންގުޅެނީ ތިން ކުލަ އެކެވެ. އެއީ ހުދު، ރީނދޫ އަދި ރަތް ކުލަ އެކެވެ. އެންމެ ދަށް އިންޒާރަކީ ހުދު ކުލައެވެ. އެއާއި ޖެހިގެން ދެވޭ އިންޒާރަކީ ރީނދޫ ކުލައެވެ. ރަތް އިންޒާރު ދެނީ މޫސުމް ވަރަށްބޮޑަށް ގޯސްވެ، އެންމެ މަތީ މިންވަރަށް ސަމާލުވެ ރައްކާތެރިވުމަށް ގޮވާލުމަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ދެއްވި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ކުލަ އިންޒާރުގެ ޗާޓެއް ތިރީގައި އެވަނީއެވެ.

ހުދު އެލަރޓް: މޫސުމް ގޯސްވަމުންދާތީ އެކަމުގެ މަޢުލޫމާތު ހިއްސާކުރުމުގެ ގޮތުން ދޭ އެލަރޓް. މި އެލަރޓް އިން ދެމުން ގެންދާނީ މޫސުމަށް އަންނަ ބަދަލުތަކެވެ.

ރީނދޫ އެލަރޓް: މޫސުމް މާބޮޑަށް ގޯސްވާތީ ސަލާމަތީ ފިޔަވަޅު ރަނގަޅުކުރުމަށް ގޮވާލާ މަރުޙަލާ. ކަނޑު މައްޗަށް ނޭރުމަށް އިލްތިމާސް ކުރޭ. މޫސުން ގޯސްވެ ގަދަވަޔާއި ވިއްސާރަ ކުރާނެ  ކަމަށް ވިސްނައިގެން ތިބުމަށާއި މޫސުމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ބަލަމުން ގެންދިއުމަށް މި އިންޒާރުން އަނގައިދެއެވެ.

ރަތް އެލަރޓް: މޫސުން އެންމެ ބޮޑަށް ގޯވެފައި ވާކަމާއި އެންމެ ބޮޑަށް ސަމާލުވުމަށާއި ރައްކާތެރި ހިސާބުތަކަށް ދިއުމަށް ދެވޭ އިންޒާރު. މި ޙާލަތުގައި ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރުން ހިމެނޭ. މިގޮތުން ރައްކާތެރި ހިސާބަކަށް މީހުންނާއި ބޭނުންވާނެ ތަކެތި ގެންދިއުމަށްވެސް އިރުޝާދު ދީފާނެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް