ފަހުގެ ޚަބަރު


އިތުރަށް...

ލ. އަތޮޅުގައި އެމްޑީޕީގެ “އެއްބުރުން” ކެމްޕެއިންގެ ހަރަކާތް ވަރަށް ފޯރިގައި ކުރިޔަށް އެބަދޭ

ލިޔުނީ: Unknown - Sunday, June 2, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. އަތޮޅުގައި މިދިޔަ ބުރާސްފަތި ދުވަހު ފެށި “އެއްބުރުން” ކެމްޕެއިންގެ ހަރަކާތްތައް ވަރަށް ފޯރީގައި ކުރިޔަށް ދާކަމަށް ލ. އަތޮޅަށް ވަޑައިގެން އުޅުއްވާ އެމްޑީޕީގެ ކެމްޕެއިން ޓީމުގެ މެމްބަރުން ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކެމްޕެއިން ޓީމުން މިހާރު ލ. އަތޮޅަށް ކުރައްވަމުންގެންދާވާ ދަތުރުގައި އެއަތޮޅު ގަން، މަތިމަރަދޫ، މާވަށް، އިސްދޫ، ކަލައިދޫ، މާބައިދޫ، ދަނބިދޫ، މުންޑޫ، ފޮނަދޫ، މާމެންދޫ، ހިތަދޫ، ކުނަހަންދޫ، އަދި ގާދޫގައި މިހާތަނަށް ކުރިޔަށް ގެންދިޔަ ހަރަކާތް ތަކުގައި ކަންމަތީ ބައްދަލުވުންތައް ބާއްވާ، ކެމްޕެއިން ހަރަކާތުގައި އެހީތެރިވާނެ ޓީމުތައް ހޮވާއި، ދޮރުން ދޮރަށް- ވައުދާ ހިގުމުގެ މަސައްކަތް ކުރިޔަށް ގެންދިޔަކަމަށް ޓީމުގެ ބޭފުޅުން ވިދާޅުވިއެވެ.

މީގެ އިތުރުން ލ. އަތޮޅުގެ ރަށްތަކުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ އެމްޑީޕީގެ ” އެއްބުރުން” ކެމްޕެއިންގެ މަޝްވަރާ ބައްދަލު ކުރެއްވުންތައްވެސް ކުރިޔަށް ގެންދިޔަކަމަށް ޓީމުން މައުލޫމާތި ދެއްވިއެވެ.

ލ. އަތޮޅަށް ވަޑައިގެން އުޅުއްވާ ޓީމުގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކުގެ އިތުރުން، ފޮނަދޫ ދާއިރާގެ ރައީސް އޯކޭ ޒާހިރު، މާވަށު ދާއިރާގެ ރައީސް ފާރޫގު އުމަރު އަދި އިސްދޫ-ކަލައިދޫގެ ދާއިރާ ރައީސް އުމަރު އަބްދުލް ރައްޒާގުއެވެ. 
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް