ފަހުގެ ޚަބަރު


އިތުރަށް...

އެމްބީސީ އަތޮޅު ބިއުރޯގައި މަސައްކަތް ކުރުމުގެ ފުރުޞަތު – ނޫސްވެރިކަމުގެ ދާއިރާއަށް ޝައުޤު ހުންނަ ޒުވާނުންނަށް ރަނުގެ ފުރުޞަތެއް

ލިޔުނީ: Unknown - Monday, June 3, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ދަށުން ހިންގަމުން އަންނަ ޗެނަލްތަކުގައި މަސައްކަތް ކުރުމަށް ފުރުޞަތު މިހާރު ހުޅުވާލެވި ސުންގަޑި ކައިރިވެފައި ވާއިރު، މި ފުރުޞަތަކީ ނޫސްވެރިކަމުގެ ދާއިރާގައި ފައިތިލަ ސާބިތުކުރުމަށް ޝައުޤު ހުންނަ ފަރާތްތަކަށް ރަނުގެ ފުރުޞަތެއްކަން ފާހަގަ ކޮށްލެވެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުން އެމްބީސީން މިފަހަރު އަތޮޅު ބިއުރޯ ތަކަށް މީހުން ހޮވުމުގައި އެ އަތޮޅެއްގެ މީހުން އެ އަތޮޅަކަށް ނެގުމަށް ނިންމާފައިވެ އެވެ. އެހެންކަމުން މި ފުރުޞަތަކީ ރަށުގައު ނުވަތަ އަތޮޅުގައި ހުރެގެން، ރަނގަޅު ޢާއްމުދަނީއެއް ހޯދަމުން ކުރިއަށްދެވިދާނެ ވަޒީފާއެކެވެ.

އެމްބީސީން ވަޒީފާގެ ފުރުޞަތު ހުޅުވާލާފައި ވަނީ އެސިސްޓެންޓް ޖަރނަލިސްޓުން ހޯދުމަށެވެ. 12 މީހުން ހޯދުމަށް އެމްބީސީން ކޮށްފައިވާ އިޢުލާނުގައި ވާގޮތުން މި ވަޒީފާތަކުގެ ތެރެއިން އަތޮޅު ބިއުރޯ ތަކަށް ނަގާ ފަރާތްތަކުން މަސައްކަތް ކުރަން ޖެހޭނީ އަތޮޅު ތަކުގައެވެ. އަދި މި ވަޒީފާއަށް ކުރިމަތި ލުމުގެ ސުންގަޑިއަކީ މިމަހުގެ 6 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިންނެވެ.

ލ. އަތޮޅުގެ އެމްބީސީ ބިއުރޯގެ އިދާރާ ހުންނާނީ ލ. ފޮނަދޫގަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް