ފަހުގެ ޚަބަރު


އިތުރަށް...

ދައުލަތުގެ ވެރިންގެ މާލީ ބަޔާން އާންމުކުރުން މަޖުބޫރުކުރާ ބިލް އަނބުރާ ގެންގޮސްފި

ލިޔުނީ: Unknown - Thursday, June 13, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ހުރިހާ ބޭފުޅުންގެ މާލީ ބަޔާން އާންމުކުރުން ލާޒިމް ކުރާ ގޮތަށް ސަރުކާރުން މަޖިލީހަށް ވެއްދި ބިލް އަނބުރާ ގެންގޮސްފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

އޭނާ މިއަދު ވިދާޅުވީ އެ ބިލް އިއްޔެގެ ވަގުތެއްގައި އަނބުރާ ގެންދެވީ އެ ޒާތުގެ އެހެން ބިލެއް މަޖިލީހުގެ ކޮމެޓީއެއްގައި ދިރާސާ ކުރާތީ، މާލީ ބަޔާން އާންމު ކުރުމުގެ ބިލްގައި ހުރި ކަންތައްތައް އެ ގާނޫނުގައި ހިމެނުން ރަނގަޅުވާނެ ކަމަށް ފެނިގެން ކަމަށެވެ.

"ފަސޭހައަކަށް ބަލާފައި އެ ބިލް އަޅުގަނޑު ނެގީ. އެއީ އެއްކަހަލަ ދެ ބިލެއް އޮތީމައި ވަރަށް އުނދަގޫ ކަމަކަށް ވާނެ މަސައްކަތްތައް ކުރިއަށް ގެންދަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެ ބިލްގައިވާ ގޮތުން ދައުލަތުގެ މަގާމުތަކަށް ރައްޔިތުން އައްޔަން ކުރާ ސިޔާސީ ފަރާތްތަކާއި ރައީސް އެކި ސިޔާސީ މަގާމުތަކަށް އައްޔަން ކުރައްވާ ބޭފުޅުން އޮޑިޓާ ޖެނެރަލަށް މާލީ ބަޔާންތައް ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނެ އެވެ. އަދި އެގޮތަށް އަމަލު ނުކުރާ ފަރާތްތަކާ މެދު އެޅޭނެ ފިޔަވަޅުތައް އެ ބިލްގައިވެ އެވެ.

ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން މާލީ ބަޔާން އާންމު ނުކުރާ މައްސަަލައިގައި އޮޑިޓާ ޖެނެރަލާއި އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ(ން ވެސް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މިނިސްޓްރީތަކުން މާލީ ބަޔާން އާންމު ނުކުރާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. މާލީ ބަޔާން އާންމު ނުކުރާ މިނިސްޓްރީތަކާ މެދު ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނެރަލް މީގެ ކުރިން ފިނޭންސް މިނިސްޓްރީގައި ވެސް އެދިވަޑައިގެންފައިވެ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް