ފަހުގެ ޚަބަރު


އިތުރަށް...

އަގު ހެޔޮކޮށް ރާއްޖޭގެ ހުރިހާ އެއާޕޯޓަށް ފްލައިމީގެ ދަތުރުތައް ފަށަނީ

ލިޔުނީ: Unknown - Monday, June 17, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އަގު ހެޔޮކޮށް ރާއްޖޭގެ ހުރިހާ އެއާޕޯޓަށް ފްލައިމީގެ ދަތުރުތައް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފަށާނެކަމަށް އެއާލައިނުގެ ޗެއާމަން އަދި ޖުމްހޫރީ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ މައިހަރުގެ ކަމަށްވާ މ. ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމު ވިދާޅުވީ އަގުހެޔޮކޮށް ވިލާ އެއަރލައިން، ފްލައިމީގެ ދަތުރުތައް ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ފަށަނީ އެކަމަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ.

"ފްލައިމީގެ ދަތުރުތައް ލ އަތޮޅު ކައްދޫއާއި އަދި ގއ. ކޫއްޑޫއާއި ގދ. ކާޑެއްދޫއާއި ހދ. ހަނިމާދޫއަށް އަޅުގަނޑުމެން ވަރަށް އަވަހަށް ގިނަވެގެން ދެހަފްތާގެ ތެރޭގަ މިހުރިހާ ޑެސްޓިނޭޝަންތަކަކަށް ދަތުރުކުރަން ފަށާ ވާހަކަ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ފްލައިމީގެ ދަތުރުތައް މުޅި ރާއްޖެއަށް ހުޅުވާލުން ފަސްކޮށްގެން ތިބީ އަންނަ އޮކްޓޯބަރު މަހު ތެރޭގައި 66 ސީޓުގެ އާ ބޯޓެއް ގެނަން ނިންމާފައިވާތީ ކަމަށެވެ. އެބޯޓު ރާއްޖެ އަންނާނީ ފްރާންސްގެ ތުލޫސް އިންކަމަށާއި އަދި އައިސް ރާއްޖޭގައި ޖައްސާނީ ސީދާ މާމިގިލީ އެއަރޕޯޓުގައި ކަމަށްވެސް ގާސިމް ރޭ ވިދާޅުވިއެވެ.

"މިކަންތައްތައް އަޅުގަނޑުމެން ކުރަން ކުރީގަ މަޑުޖައްސާލައިގެން މިތިބީ އަޅުގަނޑުމެންނަށް މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އަނެއްކާވެސް އޭޓީއާރުގެ ބްރޭންޑް ނިއު، މުޅިން އާ ބޯޓެއް މާތްﷲ ގެ ވާގިފުޅާއެކީގައި އަޅުގަނޑުމެންނަށް ލިބޭނެ 66 ސީޓުގެ ހަމަ އެންމެ އާކަމާއި އެކު އޮތް ބޯޓެއް. ފްރާންސުގެ ތުލޫސް އިން ނައްޓާލައިގެން އިރާދަ ކުރެއްވިއްޔާ އަންނަ ގޮތަށް މާމިގިލީއަށް އެޖެޓު ޖައްސާނެ އިރާދަކުރެއްވިއްޔާ،" ގާސިމް ވިދާޅުވިއެވެ.

އާ ބޯޓެއް ގެންނަ ވާހަކަ ދައްކަމުން ގާސިމް ވިދާޅުވީ އެބޯޓު ލިބެންދެން އިތުރު މަންޒިލްތަކަށް ދަތުރުކުރުން މަޑުކޮށްލައިގެން ތިބީ ޕައިލެޓުންގެ ދަތިކަން އޮތީމަ ކަމަށެވެ. ނަމަވެސް ހުވަދު އަތޮޅާއި ތިލަދުންމަތީގެ ރައްޔިތުންގެ އެދުމުގެ މަތިން ފްލައިމީގެ ދަތުރުތައް ފެށުމަށް އިތުރު ޕައިލެޓުންގެ ޓީމެއް ގެންނަން ނިންމާފައިވާކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. އިތުރު އެއާޕޯޓްތަކަށް ދަތުރުތައް ފެށި ނަމަވެސް ފްލައިމީގެ ހުރިހާ ކްރާފްޓެއް މަޑު ޖެހުމެއް ނެތި އަބަދުވެސް ދަތުރުކުރާ ގޮތަށް ނިންމާފައިވާކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ޚަބަރު ނެގީ: ސީއެންއެމް އިން
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް