ފަހުގެ ޚަބަރު


އިތުރަށް...

ލ. ގަމުގައި މީހެއްގެ މުސާރަ ކާޅު ގެންގޮސްފި

ލިޔުނީ: Unknown - Monday, June 17, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މީހަކު މުސާރަ ނެގުމަށްފަހު މަގުމަތީގައި ބަހައްޓާފައި ހުއްޓާ ކާޅެއް ގޮސް އެ މީހާގެ މުސާރަ ޖަހައިގަނެގެން ހިނގައްޖެ އެވެ. މިދިއަ ބުރާސްފަތި ދުވަހު މި ހާދިސާ ހިނގާފައި ވަނީ ލ. ގަމުގަ އެވެ.

އެ އަންހެން މީހާއާއެކު އެރަށު ފުލުސް ސްޓޭޝަން ކައިރީ މަގުމަތި ކުނިކަހަން މަސައްކަތް ކުރި އަދި މަންޒަރު ދުށް ބައެއް މީހުން ބުނީ އެރަށު ތުނޑީ އަވަށު އެ އަންހެން މީހާގެ މުސާރަ ކާޅު ޖަހައިގަނެގެން ގެންދިޔައީ އެ ދުވަހު މުސާރަ ނެގުމަށްފަހު ގެއަށް ދިއުމުގެ ކުރިން މަގުމަތީގައި ފައިސާ ބެހެއްޓުމަށްފަހު އޭގެ މަތިން ނާއްޓެއް ބާއްވާފައި ކުނި ކަހަން ފެށި ވަގުތު ކަމަށެވެ.

"ހުނި ގާނާފައި ކޮންމެވެސް ވަރަކަށް ހުނި ހުރި ނާއްޓެއް ފައިސާތައް މަތީގައި ބޭއްވުމަށްފަހު ކުނިކަހަން އޮއްވާ ކާޅެއް އައިސް ފައިސާތަކާ ނާއްޓާއެކީ ޖަހައިގަނެގެން އުދުހި ދިޔައީ،" އެ މީހާ ބުންޏެވެ.

އަންހެން މީހާއާ ހަވާލާދީ އެ ރަށު އެހެން މީހަކު ބުނީ އެމީހުން ކުނިކަހަން ފެށުމުގެ ކުރިން ނާށީގެ ތެރެއަށް ފައިސާތައް ލީ ޖޫސް ޕެޓީ ބަންދު ކުރާ ކޮތަޅެއްގެ ތެރެއަށް ލުމަށްފަހު ނާށީގެ ތެރޭގައި ހަރުލާ ގޮތަށް ކަމަށާއި އޭގެ ތެރޭގައި 3،100ރ. ހުރި ކަމަށެވެ.

"ފައިސާތަކާއެކު ނާށި ހިފައިގެން ގޮސް ކާޅު ޖެއްސީ އެ ސަރަހައްދުގައި ހުރި ގަހެއްގައި. އެތަނުން ބަޔަކު ގާ އުކުމުން ކާޅު ނާށި ދޫކޮށް ނުލައި އަނެއްކާވެސް އުދުހިފައި ދިޔައީ ދެން ހޯދާހޯދާ ވެސް ނުފެނުނު،" އެމީހާ ބުންޏެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް