ފަހުގެ ޚަބަރު


އިތުރަށް...

އެމެރިކާގެ އެފް.ބީ. އައި ގައި ތަމްރީން ހޯދުމަށް ދިޔަ 22 ފުލުހުން ތަމްރީންތައް ނިންމާލުމަށްފަހު ރާއްޖެ އަތުވެއްޖެ

ލިޔުނީ: Unknown - Tuesday, June 18, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެމެރިކާގެ މަޝްހޫރު ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންގައި ތަމްރީނު ހޯދުމުގެ ދަތުރެއްގައި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އަށް ދިޔަ 22 ފުލުހަކު ތަމްރީން ދަތުރު ނިންމާލުމަށްފަހު ރާއްޖެ އަތުވެއްޖެއެވެ. މިކޯހުގައި ލ. އަތޮޅަށް ނިސްބަތްވާ ފުލުހުންވެސް ހިމެނިފައި ވެއެވެ. މިއީ ފުލުހުންގެ ގިނަ ޢަދަދެއްގެ ބަޔަކު އެމެރިކާގެ އެފްބީއައިގައި ތަމްރީނު ހޯދި ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ސީނިއަރ ނަން ކޮމިޝަން އޮފިސަރުންގެ 21 ފުލުހަކާއި ކޮމިޝަންޑް އޮފިސަރަކު ބައިވެރިވި މި ތަމްރީން ދަތުރުގެ ސަބަބުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤްކުރުމުގެ ދާއިރާގެ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބި ތަޙްޤީޤްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެއެވެ.

މި ދަތުރުގެ ބައިވެރިންވަނީ އެމެރިކާގައި ގޭންގް ކުށްތައް މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގޭންގްތަކާއި ގުޅޭ މައްސަލަތައް ކޭސްކޮށް އަމަލު ކުރަމުންދާ ގޮތްތަކުގެ އިތުރުން އެފަދަ މައްސަލަތަކުގެ ތަޙްޤީޤްތައް ކާމިޔާބު ކުރުމުގައި އެފް.ބީ.އައިގައި އަމަލު ކުރަމުންދާ ޕްރޮސީޖީތަކާއި ޢާއްމު އުޞޫލުތަކާއި ބެހޭ މަޢުލޫމާތުތައް ހޯދާފައެވެ. އަދި އެމެރިކާގައި މުޖުތަމަޢުގެ އަމާންކަމާއި ރައްކާތެރިކަން ޤާއިމްކުރުމުގެ ގޮތުން ފުލުހުން ޕެޓްރޯލް ކުރަމުންދާ ގޮތާއި ބެހޭ މަޢުލޫމާތުތަކާއި އެމެރިކާއި ޕެޓްރޯލް ކުރަމުންދާ އުޞޫލުތަކާއި ބޭނުންކުރާ ވަސީލަތްތަކާއި ބެހޭގޮތުން މަޢުލުމާތައްވެސް ހޯދާފައެވެ.
މީގެ އިތުރުން އެމެރިކާގެ އެފް.ބީ.އައިގައި ތަޙްޤީޤް ކުރަމުންދާ މައްސަލަތަކާއި ގުޅޭގޮތުން މީޑިއާ އަށް މަޢުލޫމާތުތައް ދިނުމުގައި ޢަމަލުކުރަމުންދާ އުސޫލްތަކާއި މީޑިއާ ހޭންޑްލް ކުރަމުންދާ ގޮތްތަކާއި ބެހޭގޮތުންވެސް މަޢުލޫމާތައް ހޯދާފައިވާއިރު އެފް.ބީ.އައި އިން ކުރިއަށް ގެންދާ ތަޙްޤީޤްތައް ކަމާގުޅޭ އެހެނިހެން ޑިޕާޓްމަންޓްތަކުން ގުޅިގެން އެފަދަ މައްސަލަތައް ކާމިޔާބުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގެންގުޅެމުންދާ އުސޫލްތަކާއި ބެހޭ މަޢުލޫމާތުތަކުގެ އިތުރުން އެމެރިކާގެ ވޮޝިންގޓަން އާއި ލޮސްއެންޖަލިސްއާއި ވާޖިނިއާ ޕޮލިސް ޑިވިޜަންތަކުގައި ތަމްރީނާއި ޢަމަލީ ތަޖުރިބާ ހޯދުމަށްޓަކައި މަސައްކަތްކޮށްފައިވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފުލުހުން ބައިވެރިވި މި ތަމްރީން ދަތުރަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙުޤީޤުކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން އެފަރާތްތަށް މަސައްކަތްކުރަމުން ގެންދާ ދާއިރާގެ ތަމްރީނާއި ތަޖުރިބާ އިތުރަށް ހޯދައި ފުލުހުންކުރަމުންގެންދާ ތަޙުޤީޤުތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އިސްނަންގަވައިގެން އެފް.ބީ.އައި ގުޅިގެން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް