ފަހުގެ ޚަބަރު


އިތުރަށް...

މާމެންދޫ އިންޖީނުގެއިން ތިންލައްކައެއްހާ ރުފިޔާ ވަގަށް ނެގި މައްސަލަ ޕީޖީ އަށް

ލިޔުނީ: Unknown - Wednesday, June 26, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ލ. މާމެންދޫ އިންޖީނުގޭގެ އޮފީހުން ތިން ލައްކައެއްހާ ރުފިޔާ ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.

ފުލުހުން ބުނީ މާމެންދޫ އިންޖީނުގެ އޮފީހަށް ވަދެ 290،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދައުވާކުރުމަށް ފޮނުވާފައި ވަނީ އެ ރަށު ކުންނާރުމާގޭ މުހައްމަދު ޝަރީފް، 28، އާއި ރިހިވެލި، މުހައްމަދު ނިޒާރު، 36، އާއި ކުނަހަންދޫގެ، އަލީ ރަޝީދު، 35، އަދި ހަމަ އެ ރަށު ރަތްވިލާގެ، އިބްރާހީމް ލަތީފް، 31،ގެ މައްޗަށް ކަމަށެވެ.

މި މީހުންގެ މައްޗަށް ތުހުމަތުކުރަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުގެ ދަންވަރު މާމެންދޫ އިންޖީނުގެ އޮފީހަށް ގެއްލުންދިނުމަށް ފަހު އެ ތަނަށް ވަގަށް ވަދެ ތިޖޫރީއެއް ހަލާކުކޮށްލައިގެން ތިން ލައްކައެއްހާ ރުފިޔާ ވަގަށް ނެގި ކަމަށެވެ.
މި ތުހުމަތާ ގުޅިގެން ދައުވާކުރަން ފޮނުވާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް