ފަހުގެ ޚަބަރު


އިތުރަށް...

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އެ ޕާޓީގެ ގަން-ފޮނަދޫ ކެމްޕޭން ޓީމްތަކާ ބައްދަލުކުރައްވައިފި

ލިޔުނީ: Unknown - Saturday, June 22, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އެ ޕާޓީގެ ގަން-ފޮނަދޫ ކެމްޕޭން ޓީމްތަކާއި ބައެއް ޢާއްމު މެންބަރުންނާއި އިއްޔެ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ އިއްޔެ މެންދުރުފަހު ކައްދޫ ސިންފަނީ ރެސްޓޯރެންޓްގައެވެ. މި ބައްދަލުވުމަކީ ރައީސް ނަޝީދާއި އެމްޑީޕީގެ ކެމްޕޭން ޓީމެއް އިއްޔެ ތ. ތިމަރަފުއްޓަށް ދިޔުމަށް ކުރި ދަތުރުގައި ކައްދޫ އެއަރޕޯޓުން ފައިބައިވަޑައިގެން އެމްޑީޕީ ކެމްޕޭން ކުރިއަށްދާމިންވަރާއި އިތުރަށް ބޭނުންވާ ކަންކަން އޮޅުންފިލުއްވުމަށް ބޭއްވެވި ކުއްލި ބަދަލުވުމެކެވެ.
 އިއްޔެގެ ބައްދަލުވުމުގައި ކެމްޕޭންގެ ކަންތައްތައް ކުރިއަށްގޮސްފައިވާ މިންވަރު އޮޅުންފިލުއްވައި ދޮރުން ދޮރަށް ކެމްޕޭނުކަންތައްތައް ގޮސްފައިވާ ގޮތާއި މެދު ހިތްހަމަޖެހިވަޑައިގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އިތުރަށް ކެމްޕޭން ހަރުދަނާކޮށް ވަރުގަދަ ކުރުމަށް ޕާޓީގެ ފަރާތުން ކޮށްދިނުމަށް ބޭނުންވާ ކަންކަން އޮޅުއްފިލުއްވައި މެންބަރުން ހުށައެޅި ކަންކަން ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މާރިޔާ އަޙްމަދު ދީދީ އާއި މިހާރުގެ ޗެއަރޕާސަން މޫސާމަނިކާއި ރައީސް ނަޝީދު ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި ޙަސަން ޢަފީފާއި ބާރަށު ދާއިރާ މެންބަރު ޝިފާޒާއި އިހަވަންދޫ ދާއިރާ މެންބަރު އަޙްމަދު ޢަބްދުﷲ އާއި އެމްޑީޕީ ކެމްޕޭނުގައި ޙަރަކާތްތެރިވެލައްވާ އިސް ބައެއް ބޭފުޅުން ބައިވެރިވެލެއްވިއެވެ.

އެމްޑީޕީ މެންބަރުން ފާހަގަކޮށްފައިވަނީ ދޮރުން ދޮރަށް ކެމްޕޭނުގައި ޕާޓީގެ އިސް ސަފުގެ ބޭފުޅުން ވަޑައިގެން ހިންގެވުން މުހިންމު ކަމަށެވެ. މީގެ އިތުރުން ބޮޑު ޖަލްސާއެއް ބޭއްވުމާއި މެދުވެސް މަޝްވަރާ ކުރެވުނެވެ.

މަޢުލޫމާތު ލިބިފައިވާގޮތުން އެމްޑިޕީގެ ބޮޑު ޖަލްސާއެއްް ވަރަށް އަވަހަށް ގަންފޮނަދޫ ސަރަހައްދުގައި ބާއްވާނެއެވެ.





































ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް