ފަހުގެ ޚަބަރު


އިތުރަށް...

އެމްޑީޕީ ސަރުކާރުން ލ. އަތޮޅުން ފޯރުކޮށްދެމުން އައި ލައިސަންސް ކާޑު މިހާރު ނުހެދޭއިރު ލައިސަންސް ފޮތް ނުހެދި އެތައް ބަޔަކު

ލިޔުނީ: Unknown - Thursday, June 20, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުން ލ. އަތޮޅު ގަމުގައި ހުރި ޕްރޮވިންސް އޮފީހުން ރައްޔިތުންނަށް ހަދައިދެމުން ގެންދިޔަ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ކާޑު މިހާރު ނުލީބޭއިރު، ލައިސަންސް ފޮތް ނުހެދި އެތައް ބަޔަކު އެކަމުގެ މާޔޫސްކަމުގައި ތިބެންޖެހިފައިވާކަން އެލްއޭ ނިއުސް އަށް އެނގިއްޖެއެވެ.

ގަން-ގޮނަދޫ ސަރަޙައްދަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ބުނީ މިހާރު ލައިސަން ފޮތް އަތޮޅު ކައުންސިލް އިދާރާގައި ހުސްވެފައި ހުންނަތާ މަސްދުވަސްވަރު ވެއްޖެކަމަށެވެ.

"މީގެ ދެއަހަރުކުރިން އަހަރުންނަށް ކިހާ އީސީ. ރަށުން ސީދާ ލައިސަންސްފޮތް ހަދާފަ އޭރު ދިނީ." ލ. ގަމު ޒުވާނަކު ކަންބޮޑުވުން ފާޅުކުރަމުން ބުންޏެވެ.

އެމްޑީޕީ ސަރުކާރުގެ ވެރިކަން ބަޣާވާތަކުން ބަދަލުކޮށް ހިންގަންފެށިތާ މަސްދުވަސްވީއިރު އަތޮޅު ކައުންސިލުން ލައިސަންސް ކާޑު ހަދައިނުދޭތީ އެކަމާ އެލްއޭ ނިއުސް އިން ސުވާލުކުރުމުން އަތޮޅު ކައުންސިލް މެންބަރެއް އޭރު ބުނެފައިވަނީ ދެމަހެއްހައި ދުވަސްތެރޭ ކާޑު ހަދައިދޭން ފަށާނެކަމަށެވެ. ނަމަވެސް އޭގެ ފަހުން ދޮޅު އަހަރަށްވުރެން ގިނަދުވަސް ވެފައިވާއިރު ރައްޔިތުން މިހާރު ތިބީ ލައިސަންސް ފޮތް ނުހެދިފައިކަން ފާހަގަކޮށްލަން ޖެހެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް