ފަހުގެ ޚަބަރު


އިތުރަށް...

ތަރައްޤީ ގައިމު ކުރަމުން، ޤައުމައިގެން ކުރިއަށްދާން އުޅޭއިރު މުޅި ރާއްޖެ ގޭހަށް ޖެހިއްޖެ

ލިޔުނީ: Unknown - Thursday, June 20, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
 ތަރައްޤީ ގައިމު ކުރަމުން، ޤައުމައިގެން ކުރިއަށްދާން އުޅޭއިރު މުޅި ރާއްޖެ ގޭހަށް ޖެހިއްޖެއެވެ.

ރާއްޖެއަށް ސިންގަޕޫރުން ގޭސް އުފުލަން ބޭނުންކުރާ ބޯޓުގެ އިންޖީނު ހަލާކުވެ ގޭސް ގެނައުމުގައި ދަތިތަކެއް ކުރިމަތިވުމާއިއެކު ގޭހަށް ޖެހި ބައެއް ރެސްޓޯރަންޓުތައް ބަންދުކުރިއިރު އަނެއް ބައި ރެސްޓޯރަންޓުގައި ތެޔޮ އުނދުން ބޭނުންކޮށްގެން އެއްޗެހި ކައްކަން ފަށައިފި އެވެ.

އެލްއޭ ނިއުސް އާއި މައުލޫމާތު ހިއްސާކުރި ގަންފޮނަދޫގެ ބައެއް ހޮޓާތަކުން ބުނީ މިހާރު ގަން-ފޮނަދޫ ސަރަޙައްދުގެ ގޭސްވިއްކާ އެއްވެސް ތަނެއްގައި ގޭސް ނެތްކަމަށެވެ.
"މި ސަރަޙައްދުގަ އެކަންޏެއްނޫން ގޭސް ނެތީކީ. މާލެއިންވެސް ގަންނަން ނުލިބުނު ކަމަށް މިފަހަރު އައި އޮޑިތަކުންވެސް ބުނީ." ލ. ފޮނަދޫގައި ހިންގާ މަޝްހޫރު ރެސްޓޯރެންޓެއްގެ މުވައްޒަފެއް މިއަދު ހަވީރު ކިޔައިދިނެވެ.

މާލޭގެ ހޮޓާތަކުން ބުނީ އާންމު ގޮތެއްގައި ދުވާލަކަށް 13 ނުވަތަ 14 ކިލޯ ގޭސް ބޭނުންވާ ކަމަށާއި މިހާރު އެ މިންވަރަށް ގޭސް ނުލިބުމުން ހޮޓާތައް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.

އަދި އަނެއް ހޮޓާތަކުން ބުނީ ގޭސް އެއްގޮތަކަށް ވެސް ލިބެމުން ނުދާތީ މިހާރު ބޭނުންކުރަނީ ތެޔޮ އުނދުން ކަމަށެވެ.

ރާއްޖެއަށް ބޭނުންވާ ކައްކާ ގޭސް ފޯރުކޮށްދޭ މޯލްޑިވް ގޭހުން ބުނީ ގޭސް ހިފައިގެން ރާއްޖެއަށް ދަތުރުކުރާ ބޯޓު ރާއްޖެއާ 200 މޭލު ކައިރިވެފައި ވަނިކޮށް އިންޖީނު ހުއްޓިފައިވާ ކަމަށާއި ގޭސް ހިފައިގެން އަންނަ ބޯޓު ރާއްޖެއަށް އައުމަށް ޝެޑިއުލްކޮށްފައި އޮތީ 18 ވަނަ ދުވަހު ކަމަށެވެ.

ގޭސް ހިފައިގެން އަންނަ ބޯޓުގެ އިންޖީނަށް ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ ކަމަށާއި މާދަމާ ބޯޓު ބަނދަރަށް ވަދެ ހޮނިހިރު ދުވަހު ގޭސް ބާލަން ފަށާނެ ކަމަށް ވެސް އެތަނުން ބުނެ އެވެ.

ތަރައްޤީ ައިމުގެ ލޯގޯ ޖަހައިގެން ކެމްޕޭން ކުރަމުން އަންނަ މަހުޖަނު ޤާސިމްގެ ވިލާ ގޭހުން ވެސް ބުނީ އެކުންފުނިން ވިއްކަމުން ދިޔަ ގޭސް އެއްކޮށް ހުސްވެފައިވާ ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް