ފަހުގެ ޚަބަރު


އިތުރަށް...

ޗައިނާ ސަރުކާރުގެ އެހީގައި ލ. އަތޮޅުގައި މަގުތައް ހެދުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި

ލިޔުނީ: Unknown - Tuesday, June 4, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
 ޗައިނާ ސަރުކާރުގެ އެހީގައި ލ. އަތޮޅުގައި މަގުތައް ހެދުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މަގު ހެދުމުގެ ޕްރޮޖެކްޓުގެ "އެކްސްޗޭންޖް އޮފް ލެޓާ"ގައިވާ ގޮތުގެ މަތިން ގަމުގެ އުތުރުން ފެށިގެން ފޮނަދޫ ދެކުނާ ހަމައަށް 15 ކިލޯ މީޓަރުގެ މަގު ހަދައިދޭނެ ކަމަށެވެ. ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްބެސެޑަރު އަބްދުލް އަޒީޒް ޔޫސުފް އެވެ. ޗައިނާ ސަރުކާރުން ސޮއިކުރެއްވީ ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަ އެމްބެސެޑަރު ޔު ހޮންގްޔައޯ އެވެ.

ޗައިނާ އިން ރާއްޖޭގެ ތަރައްގީ އަށް ވެދެއްވާ އެހީތެރިކަމަށް އެ ރަސްމިއްޔާތުގައި އަޒީޒު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގާތްގުޅު ފާހަގަކުރައްވައި، އެ ޕްރޮޖެކްޓުން ލ. އަތޮޅުގެ ރައްޔިތުންނަށް ފައިދާތަކެއް ލިބޭނެ ކަމަށް ޔު ހޮންގްޔައޯ ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފަށައިގަތުމުގެ ކުރިން ޗައިނާގެ ޓީމެއް ލ. އަތޮޅަށް ދިއުމަށް ވަނީ ހަމަޖައްސައިފަ އެވެ. ޕްރޮޖެކްޓަށް ހަރަދުވާނެ ފައިސާގެ އަދަދު ވެސް އެނގޭނީ އެ ދަތުރަށް ފަހުގައި ކަމަށް ފޮރިން މިނސިްޓްރީން ބުންޏެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް