ފަހުގެ ޚަބަރު


އިތުރަށް...

އަތޮޅު ކައުންސިލް މެންބަރު އާސިފް އާއި މާބައިދޫ ސިއްޙީމަރުކަޒުގެ މެނޭޖަރ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ލިޔުނީ: Unknown - Monday, June 3, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރޭ ފަތިހުގެ ވަގުތެއްގައި ލ. ގަމު ހޮސްޕިޓަލް ސަރަޙައްދުން ލ. މާބައިދޫ ސިއްޙީމަރުކަޒުގެ މެނޭޖަރ އާދަމް ޙަލީމާއި މާބައިދޫ ދާއިރާއިން ހޮވިފައިވާ އަތޮޅު ކައުންސިލް މެންބަރު އަޙްމަދު އާސިފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި ކަމަށް އެލްއޭ ނިއުސް އަށް މަޢުލޫމާތު ލިބިއްޖެއެވެ.

އާދަމް ޙަލީމް އާއި އާސިފު މިވަގުތު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި ނަމަވެސް އަދި ތިބީ ހައްޔަރުގައި ނޫންކަމަށް މަޢުލޫމާތު ލިބެއެވެ. މި ދެމީހުން ރޭ ފަތިހުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފޮނަދޫއިން ގަމަށް ދިޔަ މަގުމަތީގައި ސައިކަލް އެކްސިޑެންޓް ދެމީހުންނަށް ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯދުމަށް އަމިއްލަޔަށް ހޮސްޕިޓަލަށް ގޮސް އުޅުމުގެ ތެރޭގައި ކަން އެލްއޭ ނިއުސް އަށް ވަނީ ކަށަވަރު ވެފައެވެ.

އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހޮސްޕިޓަލަށް ގޮސް އެ ހިސާބަށްވެސް ދެމީހުން ވެއްޓި، އުޅުނު ގޮތުން މަސްތުވެފައި ތިބިކަމަށް ޝައްކުވެގެން ހޮސްޕިޓަލުން ފުލުހުންނަށް ގުޅުމުންކަންވެސް އެނގިފައި ވެއެވެ.

އާސިފް އާއި ޙަލީމް ފުލުހުންގެ ބެލުމުގެ ދަށުގައި (ކަސްޓަޑީގައި) ތިބިނަމަވެސް އަދި ހައްޔަރު (އެރޭސްޓް) ނުކުރާކަމަށާއި ޓެސްޓްކުރުމަށް ކުޑަކަމުދާ ތަކެތި ނަގާފައިވެސް ނުވާކަމަށެވެ. މިއަދު 10 ޖަހާކަންހާއިރު އެލްއޭ ނިއުސް އަށް މަޢުލޫމާތު ދިން ފަރާތުން ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަށް މިއަދު 10:15 ކަންހާއިރު ގުޅާލުމުން ބުނީ އަދި އެފަދަ މަޢުލޫމާތެއް ލިބިފައި ނުވާކަމަށާއި މަޢުލޫމާތު ހޯދުމަށްފަހު ގުޅާނެ ކަމަށެވެ. ނަމަވެސް 11:09 ހާއިރު ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅާލުމުން ފޯނަށް ޖަވާބު ދީފައި ނުވުމުން ފުލުހުންގެ ރަސްމީ ބަހެއްވަނީ ލިބޭގޮތް ނުވެފައެވެ.

ނަމަވެސް އެލްއޭ ނިއުސް އަށް ލިބިފައިވާ މަޢުލޫމާތަކީ ވަރަށް މުޢުތަބަރު ފަރާތަކުން ލިބިފައިވާ މަޢުލޫމާތު ތަކެކެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް