ފަހުގެ ޚަބަރު


އިތުރަށް...

އަލްހާން އަނެއްކާ ވެސް އެމްޑީޕީ އަށް ސޮއިކުރައްވައިފި

ލިޔުނީ: Unknown - Monday, June 3, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އިދިކޮޅު އެމްޑީޕީ އަށް އަނެއްކާ ވެސް ސޮއިކުރައްވައިފި އެވެ.

އެމްޑީޕީ އަށް ގުޅިވަޑައިގެންފައިވާކަން ސަން އޮންލައިނަށް އޭނާ ކަށަވަރުކޮށްދެމުން ބުނެފައި ވަނީ އޭނާ އެމްޑީޕީ އާއި ގުޅިވަޑައިގެންނެވީ މިއަދުގެ ކަމަށެވެ. އޭގެ އިތުރުން އޭނާ އެމްޑީޕީ އަށް ސޮއި ކުރައްވި ކަމަށް ބުނެ ޓްވީޓްކުރައްވާފައިވެ އެވެ.

ދެހާސް ނުވަ ވަނަ އަހަރު ބޭއްވި ރައްޔިތުން މަޖިލިސް އިންތިހާބުގައި ޑީއާރުޕީގެ ޓިކެޓްގައި ފޭދޫ ދާއިރާގެ ގޮނޑިއަށް އިންތިހާބުވެވަޑައިގެންނެވި އަލްހާން ވަނީ ޑީއާރުޕީގެ ވިޕްލައިންއާ ދެކޮޅަށް ވޯޓު ދެއްވި މައްސަލައިގެ އެ ޕާޓީން ވަކިކޮށްފަ އެވެ.

އެ އަށް ފަހު އަލްހާން ގުޅިވަޑައިގަތީ އޭރު ސަރުކާރު ހިންގި އެމްޑީޕީ އަށެވެ. އެމްޑީޕީގެ އެކްޓިވިސްޓް އަދި ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާ ވާދަކުރައްވައި އެ ޕާޓީގެ ނައިބު ރައީސް ކަމަށް ހޮވިވަޑައިގެންފައި ހުންނެވަނިކޮން އޭނާ ވަނީ އެ މަގާމުން އެ ޕާޓީގެ ގައުމީ މަޖިލީހުން ނެގި ވޯޓަކުން ވަކިކޮށްފަ އެވެ. އޭރު އޭނާ އެ މާގާމުން ވަކިކުރީ އެ ޕާޓީގެ ވިސްނުމާ ހިލާފަށް ވާހަކަ ދައްކަވާ ކަމުގެ ތުހުމަތުގައި އެވެ. އެކަމާ ގުޅިގެން އާ އެމްޑީޕީއެއް އުފެއްދުމަށް އަލްހާނު ރައީސް ނަޝީދުއާ ދެކޮޅަށް މުޒާހާރާ ކުރެއްވުމަށް ފަހު ދެން އެ ޕާޓީން ވަކިވެވަޑައިގެން ގުޅިވަޑައިގަތީ ޖުމްހޫރީ ޕާޓީއާ އެވެ. އަދި އެ ޕާޓީން އޭނާ ވަކިވެވަޑައިގެންފައި ވަނީ އޭނާއާ ދެކޮޅަށް އެ ޕާޓީގެ ކައުންސިލަށް މައްސަލަ އެއް ހުށަހެޅިފައިވަނިކޮންނެވެ.

އޭނާ އެމްޑީޕީ ގުޅިވަޑައިގަތުމާ ގުޅޭގޮތުން އިތުރު ވާހަކައެއް އަދި ދައްކަވާފަ އެއްނުވެ އެވެ.

ޚަބަރު: ސަން އޮންލައިން
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް