ފަހުގެ ޚަބަރު


އިތުރަށް...

ވަހީދު ކްރިސްޓިއަނުންގެ ފައްޅިއަކަށް ޒިޔާރަތް ކުރައްވައިފި

ލިޔުނީ: Unknown - Friday, June 7, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:


ފަލަސްތީނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޤައުމުގައި ހުންނަ ކްރިސްޓިއަނުންގެ މައި ފައްޅިއެއްކަމަށްވާ “ޗާރޗް އޮފް ނެޓިވިޓީ”އަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސައިން ޒިޔާރާތްކޮށްފިއެވެ.

ފޭސްބުކް ގްރޫޕެއް ކަމަށްވާ “ޓީމް ޕަލެސްތީނާ” އިން އާންމުކުރި ފޮޓޯތަކަކުން ފެންނަ ގޮތުގައި ރައީސް ވަހީދާއި އަނބިކަނބަލުން އިލްހާމް “ޗާރޗް އޮފް ނެޓިވިޓީ”އަށް ވަޑައިގެން އެތަނުގެ އިސް ފާދިރީންނާއި ބައްދަލުކޮށް ވަނީ ފޮޓޯ ނަގާފައެވެ.

އިންޓަރނޭޝަނަލް އިސްލަމިކް ކޮންފަރެންސް އޮފް ބައިތުލް މަޤްދިސްގެ 4 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފަލަސްތީނާ ރައީސް ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަބަރުތައް ވަގުތުން ވަގުތައް ގެނެސްދޭ ރައީސް އޮފީހުގެ ވެބްސައިޓުގައިވެސް މިކަމާ ބެހޭގޮތުން އެއްވެސް ހަބަރެއް ޖަހާފައެއް ނުވެއެވެ.

ވަހީދާ އެކު ފުޅާ ކޯލިޝަނެއް ހައްދަވައިގެން “ދީނާއި ޤައުމަށްޓަކައި” ބޮޑެތި ކެމްޕެއިންތަކެއް ކުރައްވަމުން ގެންދަވާ އަދާލަތުޕާޓީން ވަހީދު ޗާރޗަކަށް ވަޑައިގެން އެތަނުގެ ފާދިރީންނާއި ބައްދަލުކުރުމުން އަދި އެކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް