ފަހުގެ ޚަބަރު


އިތުރަށް...

މަސްތުވާތަކެތި ގެންގުޅުނު 3 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ޕީ.ޖީ އަށް ފޮނުވައިފި

ލިޔުނީ: Unknown - Thursday, June 6, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މަސްތުވާތަކެތި ގެންގުޅުނު 3 މީހެއްގެ މައްސަލައިގެ ތަޙުޤީޤު ނިންމައި ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލާގައި ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ލ.ގަން، ތުނޑި.އަސުރުމާގެ، ޙުސައިން ރިޒުސާން (22އ) އާއި ގދ.ރަތަފަންދޫ، އަތިރީގެ، އަސަދު އިބްރާހީމް (19އ) އަދި ކ.މާލެ، މ.ހުވައިރިޔާ، ޙަސަން ނިޔާޒް (42އ) ގެ މައްޗަށެވެ.

ޙުސައިން ރިޒުސާންގެ މައްޗަށް ދަޢުވާކުރުމަށް ޕީ.ޖީ އަށް ފޮނުވާފައިވަނީ 2011 ފެބްރުއަރީ 21 ވަނަދުވަހުގެ 06:30 ހާއިރު ޙުސައިން ރިޒުސާން މަސްތުވާތަކެތި ގެންގުޅުނު މައްސަލައާއި ގުޅިގެންނެވެ.

އަސަދު އިބްރާހީމްގެ މައްޗަށް ދަޢުވާކުރުމަށް ޕީ.ޖީ އަށް ފޮނުވާފައިވަނީ 2013 މެއި 07 ވަނަދުވަހުގެ 01:10 ހާއިރު އަސަދު އިބްރާހީމް މަސްތުވާތަކެތި ގެންގުޅުނު މައްސަލައާއި ގުޅިގެންނެވެ.

ޙަސަން ނިޔާޒުގެ މައްޗަށް ދަޢުވާކުރުމަށް ޕީ.ޖީ އަށް ފޮނުވާފައިވަނީ 2013 ނޮވެމްބަރު 24 ވަނަދުވަހުގެ 07:20 ހާއިރު ޙަސަން ނިޔާޒު މަސްތުވާތަކެތި ގެންގުޅުނު މައްސަލައާއި ގުޅިގެންނެވެ.

މި މައްސަލަތަކުގައި ދަޢުވާކުރުމަށް ޕީ.ޖީ އަށް ފޮނުވާފައިވަނީ 2013 މެއި 27 ވަނަދުވަހުއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް