ފަހުގެ ޚަބަރު


އިތުރަށް...

އެފް.ބީ.އައި ގައި ތަމްރީނު ހޯދުމަށް ދިޔަ ފުލުހުންގެ ތެރޭގައި ލ. އަތޮޅުގެ ފުލުހުން ހިމެނޭ

ލިޔުނީ: Unknown - Thursday, June 6, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. މާވަށު ޒުވާނެއްކަމަށްވާ އަޙްމަދު ޢާދިލް (ފާހަގަ ކުރެވިފައި)      ފޮޓޯ: އެމްޕީއެސް
ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންގައި ތަމްރީނު ހޯދުމުގެ ދަތުރެއްގައި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އަށް ދިޔަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ 22 ފުލުހުންގެ ތެރޭގައި ލ. އަތޮޅު މާވަށުގެ ފުލުހެއް ހިމެނެއެވެ.

2013 ޖޫން 10 ން 22 އަށް އެމެރިކާގައި ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަޙްޤީޤުކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ސީނިއަރ ނަން ކޮމިޝަން އޮފިސަރުންގެ 21 ފުލުހަކާއި ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން 1 ފުލުހެކެވެ.

މި ތަމްރީނު ޕްރޮގްރާމުގައި އެމެރިކާގެ ވޮޝިންގޓަންގައި ހުންނަ އެފް.ބީ.އައި ޑިވިޜަންތަކުގައި ޖޫން 10 ން 15 އަށް ބައިވެރިން ތަޙުޤީޤުކުރުމުގެ ތަމްރީނާއި ޢަމަލީ ތަޖުރިބާ ލިބިގަތުމަށް މަސައްކަތްކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ޖޫން 15 ން 22 އަށް އެމެރިކާގެ ލޮސްއެންޖަލިސް ގައި ހުންނަ އެފް.ބީ.އައިގެ ޑިވިޜަންތަކުގައި ބައިވެރިން ތަމްރީނާއި ޢަމަލީ ތަޖުރިބާ ލިބިގަތުމަށް މަސައްކަތްކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މި ތަމްރީނު ޕްރޮގްރާމުގައި އިންޓަވިއު ކުރާނެ ގޮތްތަކާއި، ކޭސް މެނޭޖްކޮށް ތަޙުޤީޤުކުރާނެ ގޮތްތަކާއި، ސައިބަރ ކްރައިމް އާއި ހިއުމަން ޓްރެފިކިންގ އާއި ގޭންގު ކުށްތަކާ ބެހޭ ތަޙުޤީޤުތަކުގެ އިތުރުން ތަޙުޤީޤީ ދާއިރާތަކުގައި ބޭނުންވާނެ ގިނަ ކަންކަމާއި ބެހޭގޮތުން މަޢުލޫމާތުދެވި ޢަމަލީގޮތުން މިކަންކަމުގެ ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ބައިވެރިންނަށް ލިބިގެންދާނެއެވެ. މީގެއިތުރުން ވޮޝިންގޓަންގައި ހުންނަ ޖަލުތަކަށް ޒިޔާރަތްކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙުޤީޤުކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން އެފަރާތްތަށް މަސައްކަތްކުރަމުން ގެންދާ ދާއިރާގެ ތަމްރީނާއި ތަޖުރިބާ އިތުރަށް ހޯދައި ފުލުހުންކުރަމުންގެންދާ ތަޙުޤީޤުތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އިސްނަންގަވައިގެން އެފް.ބީ.އައި ގުޅިގެން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް