ފަހުގެ ޚަބަރު


އިތުރަށް...

ޢަބްދުﷲ ޝާހިދާއި ޢަލީ ވަހީދަށް އަދި އެމްޑީގެ ވަފުދަށް ލ. އަތޮޅުން ހޫނު މަރުޙަބާއެއް ކިޔައިފި

ލިޔުނީ: Unknown - Thursday, June 6, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޢަލީ ވަހީދާއި ޢަބްދުﷲ ޝާހިދަށް އަދި އެމްޑީޕީގެ ވަފުދަށް ކައްދޫ އެއަރޕޯޓުން އެމްޑީޕީ މެންބަރުން މަރުޙަބާ ކިޔަނީ - ފޮޓޯ: މުބާރިކް
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު އާއި އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ނައިބް ލީޑަރ ޢަލީ ވަޙީދު އާއި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ބައެއް މެންބަރުން ގއ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މިރޭ ލ. އަތޮޅުގައި މަޑުކުރެއްވުމަށް ކައްދުއަށް ވަދައިގެންނެވި ވަގުތު އެ ދެބޭފުޅުންނަށް ލ. އަތޮޅުން ހޫނު މަރުޙަބާއެއް ކިޔައިފި އެވެ.

މިރޭ 11:50 ހާއިރު ލ. ކައްދޫ ވައިގެ ބަނދަރުން އެމްޑީޕީގެ މި ވަފުދަށް މަރުޙަބާ ކިޔުމަށް ވަރަށް ގިނަ ޢަދަދެއްގެ އެމްޑިޕީ ސަޕޯޓަރުންނާއި އެކްޓިވިސްޓުން ދިޔަ ކަން ފާހަގަ ކޮށްލެވެއެވެ. ގިނަ ޢަދަދެއްގެ އަންހެނުންނާއި ފިރިހެނުން ޢަބްދުﷲ ޝާހިދު އާއި ޢަލީ ވަހީދަށް ކިޔާފައިވަނީ ވަރަށް ހޫނު މަރުޙަބާ އެކެވެ. އެގޮތުން އެމްޑީޕީ ގަން-ފޮނަދޫގެ އަންހެނުން ވަރަށް ގިނަ ޢަދަދެއްގެ މާފަތި މި ދެބޭފުޅުންގެ ކަރުގައި އަޅުވާ މަރުޙަބާ ކިޔާފައިވެއެވެ.
މި ދަތުރުފުޅާ ބެހޭގޮތުން އެލްއޭ ނިއުސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޑީޕީ ޕާލިމެންތަރީ ގްރޫޕްގެ ނައިބް ލީޑަރު ޢަލީ ވަހީދު ވިދާޅުވީ މިއީ ގއ. އަތޮޅަށް މާދަމާ (06 ޖޫން 2013) ގައި ކުރައްވާ ދަތުރުފުޅުގައި މި އަތޮޅުގައި މަޑުކޮށްލެއްވީ ކަމަށެވެ.

"އަދި ވަރަށް އަވަހަށް އެބައޮތް އަޅުގަނޑުމެންގެ ރަސްމީ ދަތުރެއް، ޚާއްޞަކޮށް ލ. އަތޮޅަށް." ޢަލީ ވަހީދު ވިދާޅުވިއެވެ.
ލ. އަތޮޅަށް އެމްޑީޕީ މެންބަރެއްގެ ގޮތުގައި ހުންނަވައި ވަޑައިގެންނެވި ފުރަތަމަ ދަތުރުގައި ޢަލީ ވަހީދާއި އޭނާގެ ޓީމަށް ކިޔާފައިވާ މަރުޙަބާ ފާހަގަ ކުރަމުން ބުނީ މިފަދަ ނުރަސްމީ ގަޑިއެއްގައި މިހާ ވަރުގަދައަށް މަރުޙަބާ ކިޔި ކިޔުމުން ފެނިގެންދަނީ އެއްބުރުން އިންތިޚާބު ކާމިޔާކުރުމަށް އެމްޑީޕީ މެންބަރުން ތިބި ގޮތް ކަމަށެވެ.

މަޖިލީހުގެ ރައީސް އާއި އެމްޑީޕީގެ އިސް ވަފުދެއް ލ. އަތޮޅަށް މިރޭ ވަޑައިގެންނެވި އިރު މިވަގުތު ލ. އަތޮޅުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދުވެސް ހުންނެވިކަން ފާހަގަ ކޮށްލެވެއެވެ. ރައީސް ނަޝީދު ލ. އަތޮޅަށް ވަޑައިގެންނެވީ ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު އިރު އޮއްސުނު އިރު އެވެ.

މިވަގުތު ލ. އަތޮޅުގައި ތިއްބެވި އެމްޑީޕީގެ ވަފުދުގައި އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުހައްމަދު ޞާލިޙާއި ޢަލީ ރިޒާ އަދި ޢަބްދުﷲ ޖާބިރުގެ އިތުރުން ޙުސައިން ވަހީދު ހިމެނެއެވެ. މިޓީމު މާދަމާ 10:30 ގައި ގއ. އަތޮޅަށް ފުރާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

ރައީސް ނަޝީދާއި ޢަބްދުﷲ ޝާހިދު، ޢަލީ ވަހީދު އަދި އެމްޑިޕީގެ ވަފުދު މަޑުކޮށްގެން ތިއްބެވީ ލ. ގަމު ގައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް