ފަހުގެ ޚަބަރު


އިތުރަށް...

ނިޒާރު މާރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި

ލިޔުނީ: Unknown - Wednesday, July 17, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރަޙުމުކުޑަ ގޮތަކަށް ނިޒާރު މަރާލެވުނު ސަރަޙައްދު އަދިވެސްވަނީ ތަޙްޤީގަށް ބަންދު ކުރެވިފައި - ފޮޓޯ: އެލްއޭ ނިއުސް
ލ. ގަން ތުނޑި ވުޑްލޭންޑް އަހްމަދު ނިޒާރު، 31، މަރާލި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 2:23 އެހާކަންހާއިރު ނިޒާރު މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި 21 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައި ވަނީ މިއަދު ލ. ގަމު މެޖިސްޓްރޭޓް ކޯޓުން ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާގެ އިތުރުން އެ މައްސަލައާ ގުޅިގެން އިތުރު މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށާއި އެ މައްސަލައިގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

އެ ހާދިސާ ހިނގާފައި ވަނީ ހަތަރު މީހަކު ސައިކަލުގައި ކައްދުއަށް ގޮސް ކައްދޫ ޕޯސްޓުގައި އޮތް ޖާޒީބައެއް ނަގައިގެން ގަމަށް ދަނިކޮށް ގަމު މުކުރިމަގު އަވަށުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާ އަށް ހަމަލާދިން ދަގަނޑު ބުރިތަކާއި ލަކުޑި ބުރިތައް ވެސް ހާދިސާ ހިނގި ސަރަހައްދުން ވަނީ ފެނިފަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް