ފަހުގެ ޚަބަރު


އިތުރަށް...

އަދާލަތުން ޖުމްހޫރީ ޕާޓީއާ ގުޅުނީ 25 މިލިއަން ރުފިޔާ އަށް ކަން އެނގިފައިވޭ: ޕީޕީއެމް

ލިޔުނީ: Unknown - Wednesday, July 17, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ރައީސް މުހައްމަދު ވަހީދުގެ "ގައުމައިގެން ކުރިއަށް" ކޯލިޝަނުން ވަކިވުމަށް ފަހު އަދާލަތު ޕާޓީން ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހެދީ 25 މިލިއަން ރުފިޔާ އަށް ކަމަށް ނުރަސްމީކޮށް އެނގިފައިވާ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

"އަޅުގަނޑުމެންގެ ބައްދަލުވުންތަކުގައި ވެސް ސީދާ އަދަދު ވިދާޅުނުވި ނަމަވެސް އަދާލަތު ޕާޓީ އަށް ނިސްބަތްވާ ބައެއް ބޭފުޅުން ވިދާޅުވެފައި އެބަހުރި ޖުމްހޫރީ ޕާޓީން ވަރަށް ބޮޑެތި އަދަދު ހުށަހަޅުއްވާފައި އޮތް ކަމަށް،" ޕީޕީއެމްގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވީ ރައީސް ވަހީދާއެކު ކޯލިޝަން ހެދުމުގެ ކުރިން ވާހަކަ ދެއްކި ގޮތަށް ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހެދުމުގެ ކުރިން ވެސް ޕީޕީއެމުން އަދާލަތު ޕާޓީއާ އެކު ވާހަކަ ދެއްކި ކަމަށެވެ. އެހެން ނަމަވެސް ކުރިއެކޭ އެއްގޮތަށް މިފަހަރު ވެސް އަދާލަތުން ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހެދީ ޕީޕީއެމްގެ މައްސަލައެއް އޮވެގެން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ޕާޓީ މިހާރު ސިފަކުރެއްވެނީ ގައުމަށްވުރެ ބޮޑަށް އަމިއްލަ ފައިދާ އަށް މަސައްކަތްކުރާ ޕާޓީއެއްގެ ގޮތުގައި ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމް ސަރުކާރެއްގައި އަދާލަތަށް 20-25 ޕަސެންޓް ދިނުމަށް ފުރަތަމަ ވާހަކަ ދެއްކިއިރު ވެސް އަދި ފަހުން ވެސް އަދާލަތުން ހުށަހެޅި އެވެ. އަދި ފަހުން ވާހަކަ ދެއްކިއިރު ވެސް ސަރުކާރުގައި އެ ޕާޓީގެ ހިއްސާއަކީ ކޮބައިތޯ އަދި ޕީޕީއެމަށް އިންތިހާބު ކާމިޔާބުކުރެއްވިއްޖެ ނަމަ 2014 ގައި ރައްޔިތުންގެ މަޖިލީހުން ލިބޭނެ ފުރުސަތުތަކަކީ ކޮބައިތޯ ވެސް އަދާލަތުން ސާފުކުރި އެވެ. އަދި ރަނިންމޭޓު ކަމާއި މިހާރު ވެސް އެ ޕާޓީ އަށް ސަރުކާރުން ލިބިފައިވާ ދެ މިނިސްޓްރީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީ ދިނުމަށް ވެސް ހުށަހެޅި ކަމަށް ޕީޕީއެމުން ބުންޏެވެ. އެކަމަކު ޕީޕީއެމްގެ ޝަރުތަކަށްވީ އެޑިއުކޭޝަން މިނިސްޓަރު ކަމަށް ޑރ. މުއިއްޒު ހަމަޖެއްސުމެވެ.

ކޯލިޝަނުން ވަކިވުމަށް ފަހު އަދާލަތާ އެކު ޕީޕީއެމުން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވީ މަޝްވަރާ މަޖިލީހުގެ މެމްބަރު އަދި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އޭގެ ފަހުން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ބައްދަލުކުރެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑަށް މިހާރު ދަންނަވަން ޖެހޭނީ އަދާލަތު ޕާޓީއަކީ ދައްކާ ވާހަކަ އާއި އަމަލާ ދިމާވާ ޕާޓީއެއް ނޫނޭ. އަޅުގަނޑުމެންގެ ފަރާތުން އެއްވެސް ކަމެއް އޮވެގެނެއް ނޫން އެ ބޭފުޅުން އަޅުގަނޑުމެންނާ ގުޅެން ނުނިންމެވީ. އެ ބޭފުޅުން ދެންނެވި ކޮންމެ ކަމަކާ ދޭތެރޭ އަޅުގަނޑުމެން ދެންނެވިން މިތިބީ ތައްޔާރަށޭ، އެކަމަކު ލިޔެކިޔެމުން ވާނެއޭ ގެނެސްދެއްވަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް