ފަހުގެ ޚަބަރު


އިތުރަށް...

މިރޭ ފަށާ ޖޭޕީގެ ކޮންގްރެސްގައި 395 ޑެލިގޭޓުން ބައިވެރިވާނެ: ޖޭޕީ

ލިޔުނީ: Unknown - Tuesday, July 16, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޖުމްހޫރީ ޕާޓީގެ ދެވަނަ ކޮންގްރެސް މިރޭ ނުވައެއްޖަހާއިރު ފެށުމަށް ނިންމާފައިވާކަމަށް އެޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީގެ ދެވަނަ ކޮންގްރެސްއާއި ގުޅޭ މައުލޫމާތު ދެއްވަމުން ކޮންގުރެސްގެ ސުޕޯކްސްޕާސަން މުހައްމަދު ހަލީމް ވިދާޅުވީ މިރޭ ޖުމްހޫރީ ޕާޓީގެ ދެވަނަ ކޮންގުރެސް ފަށާއިރު 395 ޑެލިގޭޓުން ބައިވެރިވާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ބައިވެރިވާ ޑެލިގޭޓުން އިއްޔެ މާލެ ދާން ފަށާފައިވާ ކަމަށާއި، މިއަދުގެ ނިޔަލަށް ހުރިހާ ބައިވެރިންވެސް މާލެ ގޮސް ނިމޭނެކަމަށް ހަލީމް ވިދާޅުވިއެވެ.

މިރޭ ނުވައެއް ޖަހާއިރު ޖޭޕީގެ ދެވަނަ ކޮންގްރެސް ފެށޭނީ ޚާއްސަ ޖަލްސާއަކުން ކަމަށްވެސް ހަލީމް ވިދާޅުވިއެވެ. އަދި އެއަށްފުހު އިންތިޚާބުކުރަންޖެހޭ މަޤާމުތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ތައާރަފުވުމަށް ފުރުސަތު ދެވޭނެކަމަށްވެސް ހަލީމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުކަމަށް މިހާރުވެސް އެމަޤާމުގައި ހުންނެވި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކުރިމަތިލައްވާފައިވާއިރު އެ މަޤާމްގައި ގާސިމް ހުންނަން ފެނޭތޯ ފެންނަ ނުފެންނަ ވޯޓެއް ނަގާނެކަމަށް ހަލީމް ވިދާޅުވިއެވެ.

އަދި އިންތިޚާބުކުރަންޖެހޭ ހަތަރު ނައިބު ލީޑަރުންގެ މަޤާމަށް ނުވަ ބޭފުޅުން ކުރިމަތިލައްވާފައިވާއިރު އެ މަޤާމްތަކަށް މެންބަރުން ހޮވުމަށް ވޯޓް ނެގުން އޮންނާނީ 17 ވަނަ ދުވަހު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.

އެއަށްފަހު ޖުމްހޫރީ ޕާޓީގެ އަސާސީ ޤަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ވޯޓަށް އެހުން އޮންނާނެކަމަށްވެސް ހަލީމް ވަނީ ވިދާޅުވެފައެވެ.

ޖުމްހޫރީ ޕާޓީގެ ދެވަނަ ކޮންގްރެސް މިމަހުގެ 16 އިން 17 އަށް ބޭއްވުމަށް ހަމަޖެހިފައިވަނީ ދަރުބާރުގޭގައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް