ފަހުގެ ޚަބަރު


އިތުރަށް...

ތިމާބޭނުންވާ ގޮތެއް ނުވީމައި އެކަން ނުވުމަށް މެދުވެރިވި މީހަކީ ރިޝްވަތު ނަގައިގެން ހުރި މީހެއްކަމަކަށް ނުބުނެވޭނެ- އަބްދުއްރަހީމް

ލިޔުނީ: Unknown - Wednesday, July 10, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މިއަދު ވެސް އަދި  މާދަމާވެސް އާއިޝަތު އާޒިމާ ޝުކޫރަށް ތާއީދު ނުދެއްވާނެ ކަމަށް ފޮނަދޫ ދާއިރާގެ މެންބަރ އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވެއްޖެ އެވެ.

” މިއަދުވެސް މާދަމާވެސް އަޅުގަނޑަށް ރުހުންދޭން ނުފެންނަންޏާ ވޯޓެއް ނުދޭނަން. ހަމަ ކެރިގެން މިދަންނަވަނީ ނުދޭނަމޭ. އޭގެ މާނައަކީ ތިމާ ބޭނުންވާ ކަމެއް ތިމާބޭނުންވާ ގޮތަކަށް ނުވީމައި އެކަން ނުވުމަށް މެދުވެރިވި މީހާ އެއީ ރިޝްވަތު ނަގައިގެން ހުރި މީހެއްކަމަށް، ނުނީ ވިކިގެން ހުރި މީހެއްކަމަށް ވިދާޅުވާއިރު ތިމާ އަމިއްލަ ނަފުސާއި ސުވާލުކޮށްލަބަލަ ތިމާ އެކަން ކުރީ ކިހާވަރަކަށްތޯ.” އާޒިމާއަށް ނިސްބަތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވިއެވެ.

މިމަހު 8 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޖެންޑަރ މިނިސްޓަރު ކަމުގެ މަގާމަށް ރުހުން ނުދިނުމުން ބަންޑާރަ ނައިބު ކަމަށް އާޒިމާ ޝުކޫރު އައްޔަން ކުރެއްވި ނަމަވެސް އާޒިމާއަށް ދެންވެސް ރުހުން ނުދޭނެ ކަމަށެވެ.
އާޒިމާއަށާއި، ބިޝާމްއަށް ރުހުން ނުދިން މައްސަލައިގައި ސަރުކާރަށް ތާއީދުކުރާ މީޑިއާތަކުން އޭނާގެ އަގުވައްޓާލަން މަސައްކަތް ކުރި ކަމަށް އަބްދުއްރަހީމް ވަނީ އިއްޔެގެ ޖަލްސާގައި ތުހުމަތުކުރައްވާފައެވެ.

އަބްދުރަހީމް ވިދާޅުވީ އާޒިމާއަށް ރުހުންދިނުމުގައި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން ގޮތެއް ނިންމުމަށް ފަހު ވިޕެއް ނެރެފިނަމަ އެއަށް ތަބާވާނެކަމަށާއި،  ނަމަވެސް އޭނާގެ އަމިއްލަ ވިސްނުމުގައި އާޒިމާއަށް ރުހުން ނުދެއްވާނެ ކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވީ ދެ ވަޒީރުންނަށް ރުހުން ނުލިބުނު މައްސަލާގައި ސަރުކާރު ޕްރޮމޯޓް ކުރާ ބައެއް މީޑިއާތަކުން އޭނާގެ އަގުވައްޓާލުމަށް ރިޕޯޓްތައް ހަދައިގެން ދައްކަމުންގެންދާކަމަށެވެ.

އަދި އިއްޔެގެ ޖަލްސާގައި އަބްދުއްރަހީމް ވަނީ ރައީސް ވަހީދުގެ ސަރުކާރުގެ ސިޔާސަތަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް