ފަހުގެ ޚަބަރު


އިތުރަށް...

ޝައިޚް އިމްރާނާއި ހެދި އަޅުގަނޑުގެ އަގު ވެއްޓިއްޖެ - ޝައިޚް އިލްޔާސް

ލިޔުނީ: Unknown - Wednesday, July 24, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ކަންތައްތައް ކުރައްވަމުން ގެންދަވާ ހަރުކަށި ގޮތްތަކުގެ ސަބަބުން ޝައިޚް އިލްޔާސް ޙުސައިންގެ އަގުވެއްޓިފައި ވާކަމަށް ޝައިޚް އިލްޔާސް ވިދާޅުވެއްޖެ ކަމަށް އެލްއޭ ނިއުސް އަށް މަޢުލޫމާތު ލިބިއްޖެއެވެ.

ދާދިފަހުން ލ. ފޮނަދޫގައި ދަރުސް ދެއްވުމަށް ވަޑައިގެންނެވި ދަތުރުގައި އިލްޔާސް މިހެން ބުނެފައިވާ ކަމަށް ވަރަށް މުޢުތަބަރު ގޮތަކަށް އެލްއޭ ނިއުސް އަށް ވަނީ އެނގިފައެވެ. އިލްޔާސް ވިދާޅުވިކަމަށް އެލްއޭ ނިއުސް އަށް މަޢުލޫމާތު ދިން ފަރާތަކުން ބުނީ ކުރިން ރާއްޖޭގެ ރައްޔިތުން ޝައިޚް އިލްޔާސް އަށް ކުރަމުން އައި އިޙްތިރާމާއި ޤަދަރު ކުޑަވެއްޖެ ކަމަށާއި ރަށްރަށުގެ މަގުތައް މަތިން ހިނގަންވެސް ލަދުގަންނަވަރު މިހާރު ވެފައި ވާކަމަށެވެ. އަދި މިކަން މިހެން ވެފައިވަނީ ޝައިޚް އިމްރާންގެ ހަރުކަށި ސިޔާސަތުތަކުގެ ސަބުން ކަމަށް އިލްޔާސް ވިދާޅުވިކަމަށް މަޢުލޫމާތު ލިބެއެވެ.

ޝައިޚް އިލްޔާސް ހުސައިން އަކީ ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ތެރެއިން އެންމެ މަތރީ ހަރުފަތުގައި ނަން ހިނގަމުން އައި ފަރާތަކެކެވެ. ނަމަވެސް ރާއްޖެއަށް ގެނައި ބަޣާވާތާއި އެއްކޮޅުވެ އަދާލަތު ޕާޓީގެ ހަރުކަށި ސިޔާސަތު ތަކުގެ ތެރޭގައި ނަގޫފިތިފައި ހުންނަން ޖެހުމުން އިލްޔާސްގެ އަގުވެއްޓެމުން އަންނަ ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް