ފަހުގެ ޚަބަރު


އިތުރަށް...

މިނިސްޓްރީ ހިންގަނީ ސަލާން ޖަހައިގެން: ހެލްތު މިނިސްޓަރު

ލިޔުނީ: Unknown - Wednesday, July 24, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މިޒާމާނުގެ މިނިސްޓްރީއެއް ހިންގަން މިޖެހެނީ ސަލާން ޖަހައިގެން ކަމަށް އެމްޑީޕީ ސަރުކާރުން ހެލްތު މިނިސްޓްރީ ހިންގަމުންދިޔަގޮތަށް ފާޑުވިދާޅުވި ހެލްތު މިނިސްޓަރ  ޖަމްޝީދު ވިދާޅުވެއްޖެ އެވެ.

ތެލަސީމިއާ ސެންޓަރުގެ މަސައްކަތްތައް ދެ ފަހަރެއްގެ މަތިން މެދުކެނޑުމާ ގުޅިގެން ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރު ކުރުމުން ޖަމްޝީދު ވިދާޅުވީ " މިޒަމާނުގެ މިނިސްޓްރީއެއް ހިންގަން ޖެހެނީ ސަލާން ޖަހައިގެން" ކަމަށެވެ.

ޖަމްޝީދު ވިދާޅުވީ މިނިސްޓަރަކު ކުރަން ބޭނުންވާ ކަމެއް ކޮށްދިނުމަށް ކެބިނެޓުން ބޭނުންވި ނަމަވެސް އެކަމެއް ކުރާ މިންވަރަށް ބަޖެޓުގައި ފައިސާ ނެތްކަމަށެވެ.

"މިޒަމާނުގަ މިނިސްޓްރީއެއް ހިންގަން މިޖެހެނީ ސަލާން ޖަހައިގެން. ހަގީގަތަކީ ރައީސުލްޖުމްހޫރިއްޔާ ކުރަން ބޭނުންފުޅުވާ ގިނަކަންތައްތަކެއްވެސް މި އޮންނަނީ ނުކުރެވި. ދެން ކިހިނެއްތޯ މިނިސްޓަރަކު ކުރަން ބޭނުންކަމެއް ކުރެވޭނީ؟" ޖަމްޝީދު ސުވާލު ކުރެއްވި އެވެ.

ޖަމްޝީދު ވިދާޅުވީ ހެލްތު މިނިސްޓްރީއަށް މަޖިލީހުން ކަނޑައަޅާފައިވާ ބަޖެޓުން، ތެލަސީމިއާ ސެންޓަރަށް ކަނޑައަޅާފައިވަނީ 25.5 މިލިއަން ރުފިޔާ ކަމަށާއި، ނަމަވެސް މިހާތަނަށް ލިބިފައިވަނީ އެންމެ ތިން މިލިއަން ރުފިޔާ ކަމަށެވެ.

"ތަކެތީގެ އަގަށް އައި ބަދަލާއެކު 25 މިލިއަން ރުފިޔާއިންވެސް ނުފުދޭނެ. ތިން މިލިއަން ރުފިޔާ ލިބުނުތަކަނަކުން އަޅުގަނޑުމެން އަތަކު މިހާރު ނެތް އެންމެ ލާރިއެއްވެސް. ލާރިހުރެގެނެއްނޫން އަޅުގަނޑުމެން މިހާރުވެސް ތަކެތި މިގަންނަނީ." ޖަމްޝީދު ވިދާޅުވި އެވެ.
މިފަދަ މައްސަލަތައް ފިނޭންސް މިނިސްޓްރީގެ ސަމާލުކަމަށް ގެންނަ ކޮންމެ ފަހަރަކު އެ މިނިސްޓްރީން ދޭ ޖަވާބަކީ ހެލްތް ސެކްޓަރަށް ދީފައިވާ ބަޖެޓު ތެރެއިން ހަރަދު ކުރުމަށްކަމަށެވެ. ނަމަވެސް ހެލްތު ސެކްޓަރަށް މަޖިލީހުން ކަނޑައެޅި ބަޖެޓުގެ ބޮޑު ބައެއްވެސް ނުލިބޭކަން ޖަމްޝީދު ފާހަގަ ކުރެއްވި އެވެ.

ޖަމްޝީދު ވިދާޅުވީ ހެލްތު މިނިސްޓްރީއަށް ބޭނުންވާ 150 މިލިއަން ރުފިޔާގެ ތެރެއިން ހެލްތަށް ލިބިފައިވަނީ 66 މިލިއަން ރުފިޔާ ކަމަށެވެ.

"ހެލްތު ސެކްޓަރ ގެ ކަންކަމަށް ލިބިފަ އޮތް 150 މިލިއަން ރުފިޔާއިންވެސް  އަސްލު ނުފުދޭނެ. ނަމަވެސް ބޭނުންވާ ބޭހާއި، ހިދުމަތަށް ބޭނުންވާ ސަޕްލައިސްއާއި، ހުރިހާ އެއްޗެއް ގަންނަން ލިބުނު މިންވަރަކީ 66 މިލިއަން ރުފިޔާ. ވަރަށް ބޮޑު އޮޕަރޭޝަނަލް ބަޖެޓެއް އޮވެގެން ނޫނީ ނުލިބޭނެ ސެކްޓަރ އެއް ހެލްތް ސެކްޓަރ އަކީ. އަޅުގަނަޑުމެން މިއުޅެނީ ދާނެ އެއްވެސް މަގެއް ނުފެނިގެން." ޖަމްޝީދު ވިދާޅުވި އެވެ.

ޖަމްޝީދު ވިދާޅުވީ މިހާރު މިއޮތް ސިސްޓަމުގެ ތެރެއިން ކޮރަޕްޝަނުގެ އެތައްބައިވަރު ތުހުމަތުތަކެއް ތަހުގީގު ކުރަމުން ގެންދާ ކަމަށާއި، އެ މައްސަލަތައް މިހާރުވެސް ތަހުގީގުކަމުން އަންނަ ކަމަށެވެ. އަންނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި މިކަންކަން ފާހަގަވެގެން އަންނާނެކަމަށް ވެސް ޖަމްޝީދު ދިވާޅުވި އެވެ.

ހެލްތު ދާއިރާއަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނުތައް، ސައިޕްލައި ކުރާނެ މެކޭނިޒަމެއް ނެތުމަކީވެސް އެ މިނިސްޓްރީއަށް ދިމާވެފައިވާ ގޮންޖެހުމެއްކަން ޖަމްޝީދު ފާހަގަކުރެއްވި އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް