ފަހުގެ ޚަބަރު


އިތުރަށް...

ރައީސް ނަޝީދުގެ ރަނިންމޭޓަކަށް ޑރ މުސްތަފާ ލުތުފީ

ލިޔުނީ: Unknown - Tuesday, July 16, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

 
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދުގެ ރަނިންމޭޓަކަށް ޑރ މުސްތަފާ ލުތުފީ ހަމަޖައްސައިފި ކަމުގެ އިތުބާރު ހުރި މައުލޫމާތު ލިބިއްޖެ އެވެ. އެމްޑީޕީން މިކަން ރަސްމީކޮށް އަދި ކަށަވަރުކޮށް ނުދެ އެވެ.

ރަނިން މޭޓަކަށް މުސްތަފާ ހަމަޖައްސައި، އިންތިޚާބަށް ކުރިމަތި ލުމަށް ކުށުގެ ރެކޯޑް ސާފު ކުރުމަށް ދާދި ދެންމެއަކު ވަނީ ހުށަހަޅާފަ އެވެ.

ރަނިންމޭޓަކަށް މުސްތަފާ ހަމަޖައްސައި، އެކަމުގެ ސިޓީ އެމްޑީޕީގެ ސެކެރެޓަރިއޭޓުން ވަނީ މުސްތަފާއަށް ފޮނުވާފަ އެވެ.

ޑރ. މުސްތަފާ ވަނީ ރަނިންމޭޓާ ގުޅޭގޮތުން މީޑިއާއަށް އެއްވެސް މައުލޫމާތެއް ހިއްސާކުރަން މިވަގުތު ދެކޮޅު ހައްދަވާފަ އެވެ.

ރައީސް ނަޝީދުގެ ރަނިންމޭޓަކަށް ބޭފުޅަކު ހަމަޖެއްސެވުމާ ގުޅޭގޮތުން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ހުށަހަޅާފައި ވަނީ ތިން ނަންފުޅެކެވެ. އެއީ ޑރ. މުސްތަފާ ލުތުފީގެ އިތުރުން ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީއާއި، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. މި ތިން ނަންފުޅަށް މަޝްވަރާ ކުރެއްވުމަށްފަހު، އެ މަޖިލީހުން ނިންމާފައި ވަނީ ޑރ. މުސްތަފާ ލުތުފީގެ ނަން ފުޅެވެ.

ތައުލީމީ ދާއިރާއިން ޕީއެޗްޑީ ނަންގަވާފައިވާ ޑރ. މުސްތަފާ ލުތުފީ ވަނީ ރައީސް މައުމޫނުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރު ކަމުގެ އިތުރުން ރައީސް ނަޝީދުގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓަރުކަން ކުރައްވާފަ އެވެ. އަދި އެންމެ ފަހުން ހުންނެވީ ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރު ކަމުގަ އެވެ. އެ މަގާމުން އިސްތިއުފާ ދެއްވީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމާ ގުޅިގެން އެކަންތައް ހިނގައިދިޔަ ގޮތާމެދު ހިތްހަމަޖެހިވަޑައި ނުގެންނެވުމުންނެވެ.

ޑރ. މުސްތަފާ ލުތުފީއަކީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީ އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް