ފަހުގެ ޚަބަރު


އިތުރަށް...

ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ޤާނޫނީ ވަކީލެއްގެ ހައިޘިއްޔަތުން ވަކާލާތު ކުރުމުގެ ހުއްދަ ލ. އަތޮޅުގެ 3 ބޭފުޅަކަށް ދެއްވައިފި

ލިޔުނީ: Unknown - Monday, July 15, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ޤާނޫނީ ވަކީލެއްގެ ހައިޘިއްޔަތުން ވަކާލާތު ކުރުމުގެ ހުއްދަ 39 ބޭފުޅަކަށް މިމަހުގެ 8 ވަނަ ދުވަހު ދެއްވި އިރު އޭގެ ތެރޭގައި ލ. އަތޮޅުގެ 3 ބޭފުޅުން ހިމެނިއްޖެއެވެ.

މި ތިން ބޭފުޅުންނަކީ:
އަލްއުސްތާޛް ޢަލީ އަކްބަރު / ސެވެންސްޓަރ، ލ.ގަން، ތުނޑި
އަލްއުސްތާޛް ޢަލީ ޝަރީފް / ބީޗްރެސްޓް، ލ.އިސްދޫ
އަލްއުސްތާޛާ ފާޠިމަތު ޚަތުމާ / އަޅިވިލާގެ، ލ.ފޮނަދޫ އެވެ.

މި ރަސްމިއްޔާތު އޮތީ މިމަހުގެ 8 ވަނަ ދުވަހު ހެނދުނު 10:00 ގައި ވެލާނާގެ 2 ވަނަ ފަންގިފިލާގެ ޖަލްސާކުރާ މާލަމްގައެވެ. މިބޭފުޅުންނަށް ޤާނޫނީ ވަކީލުކަމުގެ ހުވާ ލައިދެއްވީ އެޓަރނީ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރުގެ ކުރިފުޅުމަތީ، ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛް ޢަލީ ނަޞީރެވެ.

މި 39 ބޭފުޅުން ހުވާކުރެއްވުމުން މިހާތަނަށް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދޫކުރެވިފައިވާ ބޭފުޅުންގެ ޢަދަދަކީ 680 އެވެ. 
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް