ފަހުގެ ޚަބަރު


އިތުރަށް...

ގަމު މެމްބަރު އަޅާނުލެއްވުމުން ކުއްލި މައްސަލަ ހުށަހެޅުއްވީ އެމްޑީޕީ މެންބަރު ކުބޭ

ލިޔުނީ: Unknown - Monday, July 15, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރޭ ދަންވަރު 2:30 އެހާއިރު ލ.ގަމު މުކުރިމަގު އަވަށުގައި ސައިކަލެއްގައިދިޔަ ޒުވާނަކަށް ޙަމަލާދީ މަރާލި މައްސަލަ ގަމު ދާއިރާގެ މެމްބަރު ޔޫސުފް އަބްދުއް ރަހީމް މަޖިލީހުގެ ސަމާލުކަމަށް ނުގެންނަވަނީސް، އެމައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީ އަށް ނިސްބަތްވާ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ކުބޭ) އެވެ.

މަޖިލިސް ފެށުމުން ކުއްލި މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެންނަވާ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ ރާއްޖޭގެ ކުށުގެ ވެށި ނާމާންވެ، އެއްވެސް ޖެހިލުމެއްނެތި މީހުންގެ ފުރާނަ ނަގާލަމުންދާކަމަށެވެ. އެސިލްސިލާގެ ދަށުން ރޭ ގަމުގައި މީހަކު މަރާލުން އެއީ ކަންބޮޑުވެ މަޖިލިސް ސަމާލުކަމަށް އަންނަންޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ.

މުހައްމަދު ރަޝީދު ކުބޭ ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ، މެމްބަރުންވަނީ ވާހަކަދައްކަވާފައެވެ.

ގަމުން މަރުވި ޒުވާނާ:

ފުލުހުން މައުލޫމާތު ދޭގޮތުގައި ރޭގެ ހަމަލާގައި މަރުވެފައިވަނީ ލ.މުންޑޫ ވުޑްލޭންޑް އިސްމާއިލް ނިޒާރު، 31 ކަމަށާއި އޭނާއަކީ މީގެ ކުރިން އެއްވެސް ކުށުގެ ރިކޯޑެއް އޮތް މީހެއް ނޫން ކަމަށެވެ.

މާރާމާރީގެ މަޢުލޫމާތު ލިބުމާއިއެކު ފުލުހުން އެސަރަހައްދަށް ދިޔައިރު އަހުމަދު ނިޒާރު އެތަނުގައި އޮތް ކަމަށާއި އަދި ވަގުތުން ފުލުހުންގެ ވެހިކަލްގައި އޭނާ ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވަ ކަމަށް ފުލުހުންބުނެއެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި ނަޒީރަށް ބަޔަކު ހަމަލާދީފައިވަނީ އޭނާ އިތުރު ބަޔަކާއިއެކު ސައިކަލުގައި ގަމާއި އެއްފަސްކޮށް ގުޅިފައިވާ ކައްދޫގައި ހުންނަ ކައްދޫ ޕޯސްޓުގައި އޮތް ޖާޒީ ބައެއް ނަގައިގެން ގެޔަށް އައި މަގުމަތީގައި ގަމު މުކުރިމަގު އަވަށުންނެވެ. ނަމަވެސް ޙަމަލާދިން ވަގުތު ނަޒީރާއިއެކު އައި މީހުން އޭނާއެކު ތިބި ކަމެއް ނުވަތަ ނެތް ކަމެއް ސާފުވާ ގޮތެއް ނުވިއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުނީ އިސްމާއިލް ނިޒާރު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވަނީ ބޮލުގެ ފަސް އިންޗި ފުނަށް ދަގަނޑު ހޮޅިގަނޑެއް ވަނުމުގެ ސަބަބުން ވަރަށް ބޮޑަށް ޒަހަމްވެފައިވާކަމަށާއި އޭގެ އިތުރުން ހަށިގަނޑުގެ އެކި ހިސާބުތަކުންވެސް ޒަހަމްތައް ފެންނަން ހުރިކަމަށެވެ.

މިމައްސަލައާއި ގުޅިގެން މިހާތަނަށް ކުރެވުނު ތަހުގީގުން ނިޒާރަށް ޙަމަލާދީފައިވަނީ ދަގަނޑު ބުރިއަކުންނާއި ލަކުޑި ބުރިއެއް ބޭނުންކޮށްގެން ކަމަށް ފުލުހުން ބުނެއެވެ. އަދި އެކަތަކެތި އެވަގުތު ނަޒީރުގެ ހަށިގަނޑު ފެނުނު ސަރަހައްދުން ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ނިޒާރު މަރާލި މީހުން ހޯދުމަށް ގަން ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން މަސައްކަތް ކުރަމުން ގެންދާއިރު އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޚާއްސަ ޓީމެއް އެރަށް ދިޔުމަށްވަނީ ފުރާފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް