ފަހުގެ ޚަބަރު


އިތުރަށް...

ޖޭއެސްސީގެ ގާނޫނު ބުނާގޮތުން ގާސިމްގެ ގޮނޑި ހުސްވެއްޖެ

ލިޔުނީ: Unknown - Wednesday, July 24, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނު ބުނާގޮތުން، ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރައްވާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ޖޭއެސްސީގެ ގޮނޑި ހުސްވެއްޖެއެވެ.

ޖޭއެސްސީގެ ގާނޫނުގެ 10 ވަނަ މާއްދާ (10 މާއްދާ: މަގާމު ހުސްވުން) ގެ 4 ވަނަ ނުކުތާގައި ބުނެފައިވަނީ، ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ސިޔާސީ މަގާމަކަށް ކުރިމަތިލުމުން، ޖޭއެސްސީގައި އެމީހަކު ފުރުއްވާ ގޮނޑި ގެއްލޭނެއެވެ. 



ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ޖޭއެސްސީ ތަމްސީލްކުރައްވާ ގާސިމް އިބްރާހިމް އަކީ، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ. ގާސިމް އިބްރާހިމްގެ ކެންޑިޑަސީއާއި ބެހޭ އެންމެހާ ލިޔުންތައް ބެލުމަށްފަހު، ގާސިމްގެ ކެންޑިޑެސީ ސައްހަކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ.

ކޯލިޝަނެއް ހައްދަވައިގެން ރިޔާސީ އިންތިހާބަށް ރަސްމީކޮށް ގާސިމް ނުކުންނަވާފައިވާއިރު، ގާސިމް ވަނީ ރިޔާސީ އިންތިހާބްގައި ވާދަކުރެއްވި ނަމަވެސް، ޖޭއެސްސީގެ މެމްބަރުކަމުން އިސްތިއުފާނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ޖޭއެސްސީ ގާނޫންގެ 10 ވަނަ މާއްދާގެ 4 ނުގުތާ ބުނާ ގޮތުން، ރިޔާސީ ރޭހުގައި ނުކުންނަވާނެކަން އިއުލާންކޮށް، ކެންޑިޑަސީ ސައްހަވެފައިވާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ގޮނޑި ވަނީ އޮޓޮމެޓިކުން ހުސްވެފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް