ފަހުގެ ޚަބަރު


އިތުރަށް...

އަތޮޅު ކައުންސިލް ބަންދުކުރުމަށް ކައުންސިލުން ނެރުނު ޤަރާރަކީ ބާޠިލް ޤަރާރެއް - ކޯޓް އަމުރު

ލިޔުނީ: Unknown - Tuesday, July 23, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

 ލ. އަތޮޅު ކައުންސިލް އިދާރާ ބަންދުކުރުމަށް ކައުންސިލަރުން ސޮއިކޮށް ނެރެފައިވާ QAR/2013/03
ޤަރާރަކީ ޤާނޫނީގޮތުން ކައުންސިލްގެ މެންބަރުންނަށް ލިބިދީފައިވާ ބާރާއި އިޚްތިޔާރުން ބޭރުގައި ނެރެފައިވާ ޤަރާރެއް ކަމަށާއި އެ ޤަރާރަކީ ބާޠިލް ޤަރާރެއްކަމަށް މިއަދު ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.

ވަހީދު ހަސަންމަނިކުގެ ސަރުކާރުގެ އެއްބާރުލުން ނުލިބޭކަމަށް ބުނެ ލ. އަތޮޅު ކައުންސިލް އިދާރާ ބަންދުކޮށްފައި ހުންނަތާ ދެ ހަފްތާ ވެފައިވާއިރު، މާދަމާ އިން ފެށިގެން ލ. އަތޮޅު ކައުންސިލް އިދާރާ ހުޅުވުމަށް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފިއެވެ.

ފޮނަދޫ ކޯޓުން އެގޮތަށް ހުކުމް ކޮށްފައި ވަނީ އެ އިދާރާ އިން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތް ފޯރުކޮށްދިނުމަށް އަމުރެއް ނެރެދިނުމަށް އެދި ފޮނަދޫ މަހަލް މުހައްމަދު ރަޝީދު ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެވެ.

ފޮނަދޫ ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އަތޮޅު ކައުންސިލް އިދާރާ ބަންދުކުރުމަށް ނެރެފައިވާ އެ ގަރާރަކީ ކައުންސިލްގެ މެމްބަރުންނަށް ލިބިދީފައިވާ ބާރާއި އިހްތިޔާރުން ބޭރުން ނެރެފައިވާ ގަރާރެއް ކަމަށެވެ.

އެހެންކަމުން އެ ގަރާރަކީ ބާތިލް ގަރާރެއް ކަމަށް ކަނޑައަޅައި މާދަމާ އިން ފެށިގެން އެ އިދާރާއިން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ލ. އަތޮޅު ކައުންސިލްގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.

ނަމަވެސް ބަޖެޓް ނެތް ކަމަށް ބުނެ ލ. އަތޮޅު ކައުންސިލްގެ އިދާރާ ބަންދުކޮށްފައި ހުންނަތާ ހަފުތާއެއް ވެފައިވާއިރު، ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ކައުންސިލް އިދާރާ ބަންދުކުރީ ބަޖެޓް ނެތިގެން ރައްޔިތުންނަށް ދޭ ބައެއް ހިދުމަތްތައް ހުއްޓުމަކާއި ހިސާބަކަށް ދިއުމުންކަމަށެވެ.



ކައުންސިލުން ބަޖެޓް ނެތްކަމަށް ބުނާ ގަމާއި ފޮނަދޫ އަދި އިސްދޫ މަގުހެދުމުގެ ޔުނިޓަށް ބަޖެޓް ލިބިފައި ނުވަނީ ކައުންސިލުން ބަޖެޓް ހަދާފައި ފޮނުވާފައި ނުވާތީ ކަމަށް މަގުހަދާ ޔުނިޓްގެ ބައެއް މުވައްޒަފުން މިއަދު ފޮނަދޫ ކޯޓް ކައިރީގައި ތިބެގެން ބުނެފައިވެއެވެ.

މީގެއިތުރުން ކައުންސިލް އިދަރާ ބަންދުކޮށް އިހްތިޖާޖް ކުރަމުންދާއިރު، ބަޖެޓްގެ މައްސަލައަށް މިހާތަނަށް އެއްވެސް ހައްލެއް ލިބިފައިނުވާކަމަށް ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް