ފަހުގެ ޚަބަރު


އިތުރަށް...

ކައުންސިލް އިދާރާ ހުޅުވުމަށް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން، ލ. އަތޮޅު ކައުންސިލްގެ މައްޗަށް މިއަދު ހުކުމް ކޮށްފި

ލިޔުނީ: Unknown - Tuesday, July 23, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ކޯޓް ބޭރުގައި އަތޮޅު ކައުންސިލް ރައީސް އާއި އިތުރު މެންބަރެއް
މިމަހުގެ 7 ން ފެށިގެން ބަންދުކޮށްފައިވާ އަތޮޅު ކައުންސިލް އިދާރާ މާދަމައިން ފެށިގެން ހުޅުވުމަށް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން، ލ. އަތޮޅު ކައުންސިލްގެ މައްޗަށް މިއަދު 2:00 ކަންހާއިރު ހުކުމް ކޮށްފި

ފޮނަދޫ ކޯޓުން އެގޮތަށް ހުކުމް ކޮށްފައި ވަނީ ލ. އަތޮޅު ކައުންސިލްގެ އިދާރާ ބަންދުކުރުމަށް ކައުންސިލްގެ އަޣުލަބިއްޔަތުން މި މަހުގެ ތިން ވަނަ ދުވަހު ގަރާރެއް ނެރެފައިވާތީ މާދަމާ އިން ފެށިގެން އެ އިދާރާ އިން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތް ފޯރުކޮށްދިނުމަށް އަމުރެއް ނެރެދިނުމަށް އެދި ފޮނަދޫ މަހަލް މުހައްމަދު ރަޝީދު ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެވެ.

ފޮނަދޫ ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އަތޮޅު ކައުންސިލް އިދާރާ ބަންދުކުރުމަށް ނެރެފައިވާ އެ ގަރާރަކީ ކައުންސިލްގެ މެމްބަރުންނަށް ލިބިދީފައިވާ ބާރާއި އިހްތިޔާރުން ބޭރުން ނެރެފައިވާ ގަރާރެއް ކަމަށެވެ. އެހެންކަމުން އެ ގަރާރަކީ ބާތިލް ގަރާރެއް ކަމަށް ކަނޑައަޅައި މާދަމާ އިން ފެށިގެން އެ އިދާރާއިން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ލ. އަތޮޅު ކައުންސިލްގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.

މިއަދު ކޯޓު ސަރަޙައްދުގައި ހުރި ޕަބްލިކް ވޯރކްސް ނުވަތަ މަގުހަދާ ޔުނިޓްގެ މުވައްޒަފެއް ބުނީ އަތޮޅު ކައުންސިލުން ބަޖެޓް ހަދާފައި ފޮނުވާފައިވާކަމަށް ބުނިނަމަވެސް އެފަދަ ބަޖެޓެއް ހަދާފައި ސަރުކާރަށް ހުށައަޅާފައެއް ނުވެއެވެ.

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް