ފަހުގެ ޚަބަރު


އިތުރަށް...

އާޒިމާއަށް ރުހުންދިނުމާއިމެދު ގޮތެއް ނިންމާނީ އެންމެ ފަހު ވަގުތު: ޕީޕީއެމް

ލިޔުނީ: Unknown - Wednesday, July 31, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެޓާނީ ޖެނެރަލްގެ މަގާމަށް ދެ ވަނަ ފަހަރަށް އައްޔަންކުރައްވާފައިވާ އައިޝަތު އާޒިމާ ޝަކޫރަށް ރުހުން ދިނުމާއިމެދު ގޮތެއް ނިންމާނީ އެންމެ ފަހު ވަގުތުކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އާޒިމާއަށް ރުހުން ދިނުމަށް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމާފައިވާއިރު އަބްދުރަހީމް ވިދާޅުވީ ޕީޕީއެމަކީ ޑިމޮކްރެޓިކް އުސޫލުތައް ހިފަހައްޓާ ޕާޓީއެއްކަމަށާއި މިފަދަ ނިންމުންތައް އެޕާޓީން ނިންމާނީ އެންމެ "ލާސްޓް މިނިޓްގައި" ކަމަށެވެ.

"ރުހުންދިނުން ކަހަލަ ކަންކަމުގައި މާކުރިން ގޮތެއް ނިންމައިފިއްޔާ ވޯޓް ނުދޭން ބޭނުންވާ މީސް މީހުން ބަލިވެ އެކަހަލަ ކަންކަންވެސް މެދުވެރި ވެދާނެ. އެހެންވީމަ އެކަހަލަ ކަންކަމާއިމެދު ގޮތް ނިންމަނީ އެންމެ ފަހުވަގުތު،" އަދުރޭ ވިދާޅުވިއެވެ.

ރައީސް ވަހީދުގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަމަށް ފުރަތަމަ އައްޔަންކުރެއްވި އާޒިމާ ޝަކޫރު ޖެންޑާ މިނިސްޓަރުކަމަށް ބަދަލުކުރެއްވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރުހުންދޭން ނުފެންނަކަމަށް ފާސްކުރުމާއިއެކު ދެވަނަ ފަހަރަށް ވަނީ އެޓާނީ ޖެނެރަލްގެ މަގާމަށް އައްޔަން ކުރައްވާފައެވެ.

އާޒިމާއަށް ރުހުންދިނުމަށް ތާއީދު ނުކުރައްވާކަމަށާއި ވޯޓްވެސް ނުދެއްވާނެކަމަށް ޕީޕީއެމްގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފްވެސް ވިދާޅުވެފައިވެެއެވެ. އަދުރޭ މިއަދުވެސް ވިދާޅުވީ އަދިވެސް އެނިންމުން ބަދަލު ނުކުރައްވާކަމަށާއި ނަމަވެސް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމާ ނިންމުމަކަށް ތަބާވާނެކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް