ފަހުގެ ޚަބަރު


އިތުރަށް...

ވަހީދުގެ ސަރުކާރުން ލ. އަތޮޅު ކައުންސިލަށް އެއްބާރުލުން ނުދޭތީ އަތޮޅު ކައުންސިލް ބަންދުކުރަން ކައުންސިލުން ފާސްކޮށްފި

ލިޔުނީ: Unknown - Thursday, July 4, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ވަހީދުގެ ސަރުކާރުން ލ. އަތޮޅު ކައުންސިލަށް އެއްބާރުލުން ނުދޭތީ އަތޮޅު ކައުންސިލް ބަންދުކުރަން ކައުންސިލުން ފާސްކޮށްފިކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

އަތޮޅު ކައުންސިލުން މިއަދު ނިންމާފައިވަނީ ކައުންސިލްގެ މަސައްކަތް ޖުލައި 8 ގައި ހުއްޓާލައި ކައުންސިލް ބަނދުކޮށްފައި ބެހެއްޓުމަށް ކަމަށް މަޢުލޫމާތު ލިބެއެވެ.

އަތޮޅު ކައުންސިލުން މީގެ މަހެއްހާ ކުރިން ވަނީ މިފަދަ ފިޔަވަޅެއް އަޅަން ޖެހިދާނެކަމުގެ އިންޒާރު، ވަހީދުގެ ސަރުކާރަށާއި ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް ލިޔުމުން އަންގާފައެވެ.

ލ. އަތޮޅު ކައުންސިލަކީ ކައުންސިލް އުފެދުނު އިރު ޑީއާރްޕީގެ އަގުލަބިއްޔަތު އޮންނަ ކައުންސިލެކެވެ. އަދި ފަހުން ޕީޕީއެމް އުފެދުމުން ޕީޕީއެމްގެ އަގުލަބިއްޔަތު އޮންނަ ކައުންސިލެކެވެ. އަދި ބަޣާވާތަކުން ސަރުކާރު ބަދަލުކޮށް އުފެދުނު ވަހީދު ސަރުކާރަށް ތަޢުރީފުކޮށް ސަނާކިޔާ، މަރުޙަބާ ކިޔުމަށް ރޭނިދި ނަގާލައިގެން މަސައްކަތްކުރި ކައުންސިލެއްކަންވެސް ފާހަގަކޮށްލެވެއެވެ.
މާވަށު ކައުންސިލް ރައީސް ޔޫސުފު ޢާމިރު މިކަމާގުޅިގެން ކުރައްވާފައިވާ ޕޯސްޓެއްގެ ސްނިޕް އިމޭޖް
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް