ފަހުގެ ޚަބަރު


އިތުރަށް...

ހަ ކަމެއް ފުރިހަމަ ނުކުރާނަމަ ކައުންސިލް އިދާރާ ބަންދު ކުރަން ލ. އަތޮޅު ކައުންސިލުން ނިންމައިފި

ލިޔުނީ: Unknown - Thursday, July 4, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އަތޮޅު ކައުންސިލް ހިންގަން ސަރުކާރުން އެއްބާރުލުން ނުލިބޭ ކަމަށް ބުނެ ބައެއް ކަންކަން ފާހަގަކޮށް އެކަންކަން ހަމަޖައްސައި ނުދޭނަމަ ކައުންސިލްގެ އިދާރާ ބަންދުކޮށް އިހުތިޖާޖު ކުރަން ލ. އަތޮޅު ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.

އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ފަސް ކައުންސިލަރުން ސޮއި ކުރައްވާ ނެރެފައިވާ ގަރާރުގައި ތިން ދުވަހުގެ މުހުލަތެއް ސަރުކާރަށް ދިނުމަށްފަހު ހަ ކަމެއް ރަނގަޅުކޮށްދިނުމަށް އެދިފައި ވެއެވެ.

އެ ގަރާރުގައި ބުނަނީ ކައުންސިލް އުފެދުނުއިރު އަތޮޅު ރައްޔިތުންގެ ފައިސާގެ ގޮތުގައި ތަފާތު އެކައުންޓްތަކުގައި ހުރި ފައިސާ އަންނަ އާދީއްތަ ދުވަހުގެ ކުރިން އަތޮޅު ކައުންސިލްގެ އެކައުންޓަށް ޖަމާކޮށްދިނުމާއި ގަމާއި ފޮނަދޫގެ މަގުހަދާ ޔުނިޓާއި އިސްދޫ މަގުހަދާ ޔުނިޓްގެ ބަޖެޓް ފައިސާ ވެސް އާދީއްތައިގެ ނިޔަލަށް އެ އިދާރާގެ ބަޖެޓަށް އިތުރުކޮށްދޭން ޖެހޭނެ ކަމަށެވެ.

މޯލްޑިވްސް ދޯނި ސާވިސަސްއިންދޭ ފެރީގެ ހިދުމަތުގެ ފެންވަރު ދަށަށްދާތީ، ދޯނި ސާވިސަސްއާމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އަމަލު ކުރުމަށް އެ ސާވިސަސްއަށް ލިޔުމަކުން އަންގާ އެ ލިޔުމުގެ ކޮޕީ އެ އިދާރާއަށް ލިޔުމަކުން އެންގުމަމަށާއި އަތޮޅުގައި ހިމެނޭ ފަޅުރަށް ރަށުން ލިބޭ ކުލި އަތޮޅު ކައުންސިލްގެ އާމްދަނީ އަށް ލިބޭނެގޮތް ހަމަޖައްސައިދީ އެކަން ވެސް އާދީއްތައިގެ ނިލަޔަށް އަންގަން އެދިފައިވެ އެވެ.

މީގެ އިތުރުން އަތޮޅު ކައުންސިލުން ދޫކުރާ ލައިސަންސްފޮތް މެދުނުކެނޑި ލިބޭނެގޮތް ހަދައިދޭނަން އެނގުމާއި އަދި ކައުންސިލް އިދާރާގެ ސިވިލްސާވިސް މުވަށްޒަފުންގެ އުނިކުރި ފައިސާގެ ތެރެއިން މިހާތަނަށް ނުލިބިވާ ފައިސާ ޖަމާކޮށް އެކަން ލިޔުމަކުން އެންގުން ވެސް ޝަރުތުކޮށްފައި ވެއެވެ.

މި ގަރާރުގައި ބުނެފައިވަނީ އާދީއްތައިގެ ނިޔަލަށް އެކަން ކަމަށް ގޮތެއް ނިންމައި އެ ކައުންސިލަށް ނާންގައިފިނަމަ ޖެހިގެން އަންނަ ދުވަހު ކައުންސިލް އިދާރާ ބަންދުކޮށް އިހުތިޖާޖެއް ފަށާނެ ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް