ފަހުގެ ޚަބަރު


އިތުރަށް...

މަގާމުގެ ނުފޫޒު ބޭނުންކުރާ ކަމުގެ ޝަކުވާ ބޮޑުވެގެން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މަގާމުން ވަކިކޮށްފި

ލިޔުނީ: Unknown - Thursday, July 4, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު ނިމާލް މިއަދު ވަކިކޮށްފި އެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ނިމާލް މަގާމުން ވަކިކުރީ ނުފޫޒުގެ ބޭނުން ކޮށްގެން ރަށްރަށުގެ އިންޖީނުގެތަކަށް މީހުން ވައްދާކަމުގެ ޝަކުވާ ބޮޑުވެގެން ކަމަށެވެ. އޭނާ އަކީ ޕީޕީއެމަށް ނިސްބަތްވާ ބޭފުޅެކެވެ.

"ވަރަށް ގިނައިން އެ ޝަކުވާތައް އަންނަމުން ދިޔުމުން އޭނާ ވަކިކުރައްވަން ރައީސް ނިންމަވާ ޕްރައިވެޓައިޒޭޝަން ބޯޑްގެ ވެސް ލަފާގެ މަތިން އެކަން ރައީސް ކުރެއްވީ،" އޮފިޝަލް ވިދާޅުވި އެވެ.

ނިމާލް އެ މަގާމުން ވަކިކުރެއްވީ އިރު ފިނޭންސް މިނިސްޓްރީގެ ނައިބު މިނިސްޓަރަކަށް ހުންނެވި ޕީޕީއެމަށް ނިސްބަތްވާ އަބްދުﷲ ނާޝިދު ވަނީ ހިޔާނާތުގެ ތުހުމަތުތަކަކާ ގުޅިގެން ވަކިކުރައްވައިފަ އެވެ.

ފެނަކަ ކޯޕަރޭޝަނުން ޕީޕީއެމްގެ މެންބަރުންނަށް ވަޒީފާ ދޭ ކަމަށް މީގެ ކުރިން ވެސް ބައެއް ފަރާތްތަކުން ޝަކުވާކޮށްފައިވެ އެވެ.

ރައީސް ދާދި ފަހުން ވިދާޅުވެފައި ވަނީ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ވަގުތުން ވަގުތަށް ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް