ފަހުގެ ޚަބަރު


އިތުރަށް...

ނިމާލު ވަކިކުރީ އިންތިހާބާއި ދިމާކޮށް ޕީޕީއެމަށް ދަތިކުރަން: ޕީޕީއެމް

ލިޔުނީ: Unknown - Saturday, July 6, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުހަންމަދު ނިމާލު މަގާމުން ވަކިކުރީ ރިޔާސީ އިންތިހާބާއި ދިމާކޮށް ޕީޕީއެމްއަށް ދަތިކުރުމުގެ ވިސްނުމުގައިކަމަށް އެޕާޓިން ބުނެފިއެވެ.

ޕީޕީއެމްއަށް ނިސްބަތްވާ ފަރާތްތަކަށް ވަޒީފާ ދެމުންދާކަމަށް ބުނެ ފެނަކަ ކޯޕަރޭޝަނުންގެ މެނޭޖިންގ ޑިރެކްޓަރ މުހަންމަދު ނިމާލު މަގާމުން ވަކިކުރި މައްސަލާގައި ޕީޕީއެމްގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އެމައްސަލާގައި ޕީޕީއެމްއިން ވަރަށް ބޮޑަށް ކަންބޮޑުވާކަމަށެވެ. އަދި ކޯލިޝަން ސަރުކާރެއްގައި ޕާޓީތަކަށް ދޫކޮށްފައިވާ ސްލޮޓްތަކަށް އައްޔަންކޮށްފައިވާ ބޭފުޅުން ވަކިކުރައްވަނީ އެޕާޓީތަކަށް އެނގުމަކާއި ނުލާކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"ވަކިކުރަން ފޮނުވި ސިޓީގައިވެސް އެއްވެސް ސަބަބެއް ބުނެފައެއް ނެތް. އޭގެ ބަދަލުގައި މަގާމުގައި ހުންނަވައިގެން ކުރައްވާފައިވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައިއޮތީ. އެކުންފުނީގެ ވަޒީފާތައް ޕީޕީއެމްގެ މީހުންނަށް ދޭކަމަށް ރައީސް އޮފީހުން ދައްކާ ވާހަކަތަކެއް ގަބޫލެއް ނުކުރެވޭނެ. އެއީ އެކުންފުނީގެ ވަކި ފެންވަރެއްގެ ވަޒީފާތަކީ ބޯޑުގެ މެޖޯރިޓީން ނޫނީ ހަމަ ނުޖެއްސޭ މަގާމުތަކެއް. އެކުންފުނީގެ ބޯޑުގައި އޮންނަނީ ޕީޕީއެމްގެ އަގުލަބިއްޔަތެއް ނޫން،" އަދުރޭ ވިދާޅުވިއެވެ.

އެމްޑީ ކަމުން ނިމާލު ވަކިކުރި އިރު ޕީޕީއެމްއާ ގުޅުމަށް ޝައުގުވެރިވާކަން ހާމަކޮށްގެން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބުދުﷲ އަމީނާއި ޓޫރިޒަމް މިނިސްޓަރުގެ ނާއިބު މުހައްމަދު މަލީހު ޖަމާލު ވަނީ އެބޭފުޅުން އަދާކުރެއްވި މަގާމުން ވަކިކުރައްވާފައެވެ.

ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ބައެއް ބޭފުޅުން ޕީޕީއެމްއަށް ސޮއިކުރުމާއި ގުޅިގެން މަގާމުން ވަކިކޮށްފައިވާ މައްސަލާގައި ޕީޕީއެމްއާއި ރައީސް ވަހީދުގެ ސަރުކާރާއި ދެމެދުވަނީ ހިތްހަމަނުޖެހުންތައް އިތުރުވެފައެވެ. އަދި މިމައްސަލާގައި ސަރުކާރާއި ޕީޕީއެމްއާއި ދެމެދު ބަހުގެ ހަމަލާތައް އިތުރުވެ، ސަރުކާރުން ރުހުން ހޯދުމަށް ފޮނުވި ވަޒީރުންގެ ތެރެއިން ދެ ވަޒީރަކަށް ނަންވެސްވަނީ ރުހުން ނިލިބި ފޭލްވެފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް